އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުފޮޅަދޫ ސްކޫލަށް 25 އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައިފި

ބޮޑުފޮޅަދޫ ސްކޫލަށް 25 އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 48 ސިކުންތު

އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ސްކޫލަށް 25 އަަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އެގޮތުން ހިންގި ހަރަކާތްތަކުގެތެރޭގައި ބެލެނިވެރިންނާއި ސްކޫލް ގުޅިގެން ފަންޑް ރެއިޒް ކުރުމާއި މުޅި ރަށުގެ ރައްޔިތުންނަށް ކާން ދިނުމާއި މިނިވަން 50 ފާހަގަކުރުމަށް ޖުލައި 26 ވަނަ ދުވަހު ދަރިވަރުންގެ އައިޓަމެއް ހުށަހަޅައިދިނުމާއި ސިލްވަރ ޖުބިލީއަށް ޚާއްޞަކޮށްގެން ލަވައެއް ތައްޔާރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ސިލްވަރ ޖުބިލީ ފާހަގަކުރުމަށް ރަސްމީ ޖަލްސާއެއް ބާއްވާފައިވާއިރު އެޖަލްސާގައި ވަނީ މިހައިތަނަށް ސްކޫލަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދިން ފަރާތްތަކުން ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ ސްކޫލަށް 5 އަަހަރު، 10 އަހަރު، 15 އަަހަރު އަދި ޚިދުމަތްކުރި ޓީޗަރުންނާއި މުވައްޒިފުން ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ.

ދަރިވަރުންގެ މެދުގައި ވަނީ ހޭންޑް ބޯލް މުބާރާތަކާއި ވޮލީ ބޯޅަ މުބާރާތެއް ބާއްވައިފައެވެ.

ސްކޫލްގެ ޕްރިންސިޕަލް ފަޒީނާ ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ކެއުމެއް ދިނީ ބެލެނިވެރިން އަމިއްލައަށް ކައްކައިގެން ކަމަށެވެ.

ފަޒީނާ ވިދާޅުވީ މިނިވަން 50 އަށް ތައްޔާރުކުރި އައިޓމަށް ލަވަ ހައްދަވައި ދެއްވީ ސްކޫލްގެ ޓީޗަރެއްކަމަށްވާ އަހްމަދު ފަޔާޒް ކަމަށާއި މިޔުޒިކް ހައްދަވައިދެއްވީ ޞަބާޙް ކަމަށާއި ލަވަ ވިދާޅުވެ ދެއްވީ ރާފިޔަތު ކަަމަށެވެ. އަދި ސިލްވަރ ލަވައިގެ ރާގާއި ލިރިކްސް ހައްދަވައިދެއްވީ ޝައްމޫން ޙަމީދު ކަމަށެވެ.

ސްކޫލަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް ފަޒީނާ ރަޝީދު ވަނީ އެ ސްކޫލަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާފައެވެ.

ފަޒީނާ ވިދާޅުވީ ސްކޫލެއްގެ ހަޔާތުން 25 އަހަރު ވުމަކީ އާދައިގެ ކަމެއްނޫން ކަމަށާއި މިއަދު ސްކޫލުން ފެންނަމުން މިދާ އުފާވެރިކަމަކީ އެތައްބައެއްގެ އެތައް މިންނެތް މަސައްކަތުން ވެވުނު ގުރުބާނީގެ ނަތީޖާ ކަމަށެވެ.

"1978 ގައިފެށުނު ތަައުލީމް މިއަަދުމިވަނީ ވަރަށްބޮޑަށް ފުޅާވެ ކުރިއަށް ގޮސްފަ. ރަށު އޮފީހުގެ ކިޔަވާގެއިން ތައުލީމް ދެވެން ފެށި ފެށުން ބަޑަހަގެއިން ސްކޫލަކަށް ވަނީ ބަދަލުވެފަ. އެޑިޑާސް ޝޯޓާއި ހުދު ގަމީސް، އަތްކުރު ހެދުންބުރިއާއި ފެހިކުލައިގެ ކަނޑިކިން ދިގުފަޓުލޫނާއި ހުދު ގަމީހަށް، ތިރިއަށް ރޫ ޖެއްސި ހުދު ޔުނީފޯމަށް މިވަނީ ބަދަލުވެފައި."

ފަޒީނާ ވިދާޅުވީ އިސްލާމްދީނާއި ގުޅުން ހުރި އިލްމާއި، ދިވެހި، އަރަބި އަދި ހިސާބު ފަދަ މާއްދާތަކުން ފެށުނު ތައުލީމް އެތައް މާއްދާތަކަކަށް ބަދަލުވެ މިއަދު މިވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދެވޭނޭ އިންތިޒާމެއް އެ ސްކޫލްގެ ހިޔާވަހި ކަމުގެ ދަށުން ދެވެން ފެށިފައި ކަމަށެވެ.

"މިއައި ބަދަލާއިއެކު ބޮޑުފޮޅުދޫ މަދަރުސާގެ އޮޑި ކުރިއަށް ދުވަންފެށި. ދުވަހެއް ދުވަހަކަށް ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުވަމުން ކުރިއަރަމުން އައި. ނަތީޖާއަކަށްވީ ބޮޑުފޮޅުދޫ މަދަރުސާގެ ދަރިވްރުންނަކީ ވެސް ރަށުފެންވަރުގައާއި އަތޮޅުފެންވަރުގަ އަދި ގައުމީ ފެންވަރުގައި ރަންވަނަ ހޯދާ ކުދިންގެ ލިސްޓުގައި ހިމެނިގެންދާ ދަރިވަރުންކަމުގައިވުން."

ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ވެސް ފަޒީނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަޒީނާ ވިދާޅުވީ ދަރިންނަކީ އަޅުގަނޑުމެންނަށް ﷲ ދެއްވަފައިވާ ވަރަށް މަތިވެރި ނިއުމަތެއ އަދި އަމާނާތެއް ކަމަށާއި އެއީ މަސްއޫލިއްޔަތެއް ވެސް ކަމަށެވެ. މިމަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާނުކޮށްފިނަމަ އަޅުގަނޑުމެންނަކީ މާދަމާ ހިތާމަކުރާ ބައެއްގެގޮތުގައި ވެގެން ހިނގައިދާނ ކަމަށެވެ. އެކުދީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްފި ނަމަ އެ ކުދިން ވެގެންދާނީ ދުނިޔެއާއި އާޚިރަތުގެ ނަސީބަކަށް ކަަމށެވެ.

ދަރިންތަރުބިއްޔަތު ކުރުމަށް ބޮޑުފޮޅުދޫ މަދަރުސާގެ ބެލެނިވެރިން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ފަޒިނާ ވަނީ އެމަސައްކަތުގެ ތެރެއަށް، ދަރީން ދީންވެރިކުރުމާއި، އެ ކުދީންގެ ހިތްތަކުގައި ރިވެތި އަޚްލާގު ހިމަނުއްވައިދެއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

"ދަރީން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސްއޫލިއްޔަތަކަށް ވެފައި، އެ މަސްއޫލިއްޔަތު ރަގަޅަށް އަދާނުކުރެވޭ ނަމަ، އެމަސްއޫލިއްޔަތާއި ހަވާލުވެލައްވައިގެން ތިއްބެވި ފަރާތްތަކާމެދު ސުވާލުކުރެވޭނެކަން ކީރިތި ރަސޫލުﷲ ސައްލަﷲ އަަލައިހި ވަސައްލަމްގެ ހަދީސްތަކުން ސާބިތުވޭ. ރަސޫލުﷲ ސައްލަﷲ އަަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ، "ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި ކޮންމެ މީހަކީ އޭނާ ބަލަހައްޓާ ބަޔަކާއިމެދު ސުވާލުކުރެވޭނެ މީހެކެވެ."

ފަޒީނާ ވިދާޅުވީ މި ހަދީޘްފުޅުން މައިން ބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި ތަރުބިއްޔަތުކުރުމުގައި މަސްއޫލުވެރި އެެހެން ފަރާތްތައް އިތުރަށް ޒިންމާދަރު ކުރުވާއިރު ދަރީން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުލުމުގައި އެ ޒިންމާ އެންމެ ނަފާވާ ގޮތަށް އަދާކުމަކީ އަޅުގަނޑުމެން މައްޗަށް ލާޒިމްކަމެއް ކަމަށެވެ.

"މި ސްކޫލުގެ ދިގުމާޒީގައި ސްކޫލަށް ތަފާތު އެތައް ގިނަ ގުނަޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތައް ވާކަން ހަނދާންކޮށް، މި ސްކޫލުގެ ކުރީގެ ނާޒިރުންނަށާއި އަދި ސްކޫލުގެ ހެޑްމާސްޓަރުންނަށާއި ސްކޫލުގައި މަސައްކަތް ކުރެއްވި އެންމެހާ ޕްރިންސިޕަލުންނަށާއި، ސްކޫލަށް ޚިދުމަތް ކުރައްވައި ސްކޫލާއި ދުރުގައި ތިއްބެވި އެންމެހާ ފަރާތްކާއި، ސްކޫލުގެ އެހާރާއި މިހާރުގެ މުދައްރިސުންނާއި، އެހެނިހެން މުވައްޒަފުން ކޮށްދެއްވާފައިވާ އަގުނުކުރެވޭނޭ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރަން."

ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުން ސްކޫލަށް ކޮށްެދޭ ޚިދުމަތްތަކުގެ އަގުވެސް ފަޒީނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަޒީނާ ވިދާޅުވީ މުދައްރިސުންނާއި މުވައްޒިފުންނަކީ ބޮޑުފޮޅުދޫ މަދަރުސާގެ ނާރެސް ކަމަށެވެ. ދަރީން މޮޅުކުރަން ބެލެނިވެރިން ކިތަންމެވަރަކަށް އެދުނު ނަމަވެސް އަދި ދަރިވަރުން ރަން ވަނަތަކެއް ހޯދަން އަޒުމް ކަޑައެޅި ނަމަވެސް މުދައްރިސުންނާއި މުވައްޒަފުން "ވަނދުފަޅޯ" ވެއްޖެނަމަ ނަތީޖާ އެއް ނުނެރެވޭނެ ކަމަށެވެ.

"ކަން މިހެން އޮތްއިރު 25 އަހަރުގެ އުފާ މި ސްކޫލަށް ލިބިގެންދަނީ ތިޔަފަރާތްތަކުން ސްކޫލަށް ދެއްވާ އެއްބާރުލެއްވުމާއި، ވެދެއްވާ އެހީތެރިކަމުން. އަމިއްލަ ޒާތީ ދިރިއުޅުމަށްވުރެ ސްކޫލުގެ މަސްލަހަތު އިސްކޮށް އަމިއްލަ ދަރީންނަށްވުރެ ސްކޫލް ދަރިވަރުންގެ ކަންކަން އިސްކޮށް ނަތީޖާ ނެރުމަށް ކޮށްދެއްވާ ބުރަމަސައްކަތްތަކަކީ ދުލަކުން، ބަހަކުން އެ މަސައްކަތުގެ އަގުވަޒަންކުރެވޭނެ މަސައްކަތެއްނޫން. އެހެންކަމުން މި ސްކޫލަށް ބަހައްޓާ ގާތްކަމާއި، ސްކޫލަށް ފޯޯރުކޮށްދެއްވާ އަގުނުކުރެވޭނޭ ޚިދުމަތް ތާއަބަދު ދެމިހުންނާނެހެން ޝުކުރަކާއި، މުބާރަކުބާދީއެއް އަރިސްކުރަން. އަދި ވަކީން ޚާއްސަކޮށް މިމަދަރުސާގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހައި ލޮބުވެތ ިމުދައްރިސުންނާއި މުވައްޒަފުން، ކުރީގައި ސްކޫލަށް ޚިދުމަތްކޮށް މިހާރު ސްކޫލާއި ދުރުގައި ތިއްބެވި އެންމެހާ މުދައްރިސުންނާއި އުސްތާޒުންނަށް ހިފެހެއްޓުމެއްނެތް ޝުކުރެއްދަންނަވަން.''

ބެލެނިވެރިން ސްކޫލަށް ފޯރުކޮށްދޭ އެހީތެރިކަންވެސް ފަޒިނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަޒީނާ ވިދާޅުވީ ބޮޑުފޮޅުދޫ މަދަރުސާ މަދަރުސާއެއްގެ ގޮތުގައި ހިންދެމިގެން ދިއައީ އެ މަދަރުސާއާއި ދޭތެރޭ ރަށުގެ ކުދިބޮޑު އެންމެންނާއި އެންމހައި މުއައްސަސާތަކުން ވި ގުރުބާނީގެ ސަބަބުން ކަމަށެވެ. އެހެންކަމުން ބޮޑުފޮޅުދޫގެ ރައްޔިތުންނަކީ ތައުލީމަށް ލޯބިކުރާ، ތައުލީމް ދިރުވަން މަސައްކަތް ކުރާ ރައްޔިތުންތަކެއްކަން ފާހަގަކުރައްވާ ކަމަށެވެ.

"މި މަދަރުސާއަށް 25 އަހަރު ފުރޭއިރު ކުރީގެ ރަށުއޮފީހުންނާއި، ރަށުގެ ކަތީބު އަލްފާޟިލް އުމަރު މޫސާއާއި، ކުޑަކަތީބު އަލްފާޟިލް އިބުރާހިމް މޫސާއާއި ކުރީގެ މުދިމު އަލްމަރުޙޫމް އަބުދުއްރަޙީމް އުމަރާއި އަދި މަދަރުސާގެ ބާނީ ހުސެއިން އިބުރާހިމްގެ ފަރާތުން ސްކޫލަށް ލިބުނު ޚިދުމަތް ނުހަނު އުފަލާއެކު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުގެ އަބާރަނަ ފަތިތައް އަރިސްކުރަން."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް