އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2020 އަށް ޣާޒާ ފަޅުވެދާނެ: އދ

2020 އަށް ޣާޒާ ފަޅުވެދާނެ: އދ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

2020ގެ ނިިޔަލަށް، ކުރިއަށް އޮތް 5 އަަހަރު ދުވަހުގެތެރޭގައި ފަލަސްޠީނުގެ ޣާޒާ، ނުވަތަ ޣާޒާ ސްޓްރިޕް ފަޅުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް ޔުނިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް އެޖެންސީން ބުނެފިއެވެ.

އެއެޖެންސީން މިމޭރުމުން ހާމަކޮށްފައިވަނީ އިޒްރޭލުން ޣާޒާ ހިސޯރުކޮށްފައި އޮތް މިންވަރު ބޮޑުކަމުން ޣާއްޒާއަށް ބޭނުންވާ ޞިއްޙީ، އިޖުތިމާޢީ އަދި ސަލާާމަތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތައް ފަދަ މައްސަލަތައް ބަޔާންކޮށް އދއަށް ހުށަހެޅި ބަޔާނުގައެވެ.

ފަލަސްޠީނުގެ ޣާޒާއަކީ އިޒްރޭލާއި މިޞުރާއި ދެމެދުގައި "ފިތިފައި" އޮތް 1.8 މިލިއަން މީހުން ދިރިއުޅޭ 362 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
ޔޫއެން ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވިވޮލޮޕްމަންޓްގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ޣާޒާ އާއިމެދު މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނަމަ 2020ގެ ނިޔަލަށް ޣާޒާގައި މީހުންނަށް ދިރިނުއުޅެވޭނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

މިޞުރާއި ބައެއް އަރަބި ޤައުމުތަކުގެ ރުހުމާއިއެކު އިޒްރޭލުން ޣާޒާ ހިސޯރުކޮށްގެން ދިގު މުއްދަތެއްގައި ތިބެމުންދާއިރު ފާއިތުވި 6 އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ޣާޒާ ފުނޑުފުނޑުކޮށްލުމަށް ބޮޑު 3 ހަނގުރާމަކޮށްފައެވެ.

ޣާޒާއަށް ކުރީ އަހަރުގެ ރޯދަ މަހު ދިން ވަރުގަދަ ހަމަލާތަކުގައި ޣާޒާގެ ބޮޑު އިންސައްތައެއް ފުނފުނޑުކޮށް އަސާސީ ގިނަ ޚިދުމަތްތައް ނައްތައިލާފައިވާއިރު، އަލުން އާރާސްތުކުރަން ބޭނުންވާ ސިމެންތިއާއި އެހެނިހެން ތަކެތި ވެސް ޣާޒާއަށް އެތެރެކުރެވޭނެ ގޮތެއް ނެތެވެ.

ެއެހީދޭ ޤައުމުތަކުން އެހީ ދީފައިވީ ނަމަވެސް އެހީގެ ބޭނުން ހިފޭނެ ގޮތެއް ޣާޒާއަށް ނެތް އިރު ގިނަ ބައަކު ޣާޒާ ސިފަ ކުރަނީ ޣާޒާއަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ޖަލު ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް