އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯސް ނިމިއްޖެ

ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯސް ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ދިވެހިރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމުގޮތުން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ްއާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ހިންގި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯސް ނިމި ބައިވެރިންނަށް ހަދާނީލިޔުން ހަވާލުކޮށްފިއެވެ.

24 އޯގަސްޓް 2015 އިން 2 ސެޕްޓެމްބަރ 2015 އަށް މާލޭގައި ބޭއްވި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯހުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރ ނާއިފް ޝައުކަތުއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ވޮލީބޯލް ރެފްރީސް ޤަވާއިދުތަކާއި، ރެފްރީކަން ކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި މިކަމާއި ގުޅޭ ޓެކްނިކަލް ހުނަރު ދަސްކޮށްދެވުނެވެ.

މި ކޯހުގައިބައިވެރިވި 15 ބައިވެރިންގެ ތެރެއިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައިވަނީ މުޅިއެކު 7 ބައިވެރިންނެވެ. .އެއީ 4 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނެވެ.

މިކޯހުގައިއިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީވޮލީބޯލް އެސޯސިއޭޝަންގެ ތަޖުރިބާކާރު އިންޓަރނޭޝަނަލް 5 ރެފްރީންކަމުގައިވާ، ޙުސައިން މުޙައްމަދު، ޙުސައިން ހަމީދު، ޙަސަން ސިމާދު، އަޙްމަދު ނަޝީދު އަދި އަޙްމަދު ސަލީމްއެވެ. މި ޕްރޮގްރާމަށް ހުރިހާ ބައިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިއަކަމަށް ވޮލީ ބޯލް އެސޯސިއޭޝަނުން ބުނެއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް