އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނގުރާ ސަރވް ނުކޮށްގެން ސަސްޕެންޑްކުރި މައްސަލަ ކޯޓަށް

ބަނގުރާ ސަރވް ނުކޮށްގެން ސަސްޕެންޑްކުރި މައްސަލަ ކޯޓަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އަލާބަމާގެ އެއަރލައިނެއްގެ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކު، ފަސިންޖަރުންނަށް ބަނގުރާ ސަރވް ނުކުރުމުން ވަޒީފާ އިން ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އުމުރުން 40 އަހަރުގެ ޝަރީސް ސްޓެންލީ ބުނީ އޭނާ އެއަރލައިން އާއި ގުޅުނީ މީގެ 3 އަހަރު ކުރިން ކަމަށާއި އެއިރު އޭނާއަކީ މުސްލިމެއް ނޫން ކަމަށެވެ. ނަމަވެސް އިސްލާމް ވުމަށްފަހު އެއްބަސްވެފައިވާނީ ބަނގުރާ ސަރވްކުރަން ޖެހިއްޖެ ހާލަތެއްގައި އެހެން ސްޓާފަކު ލައްވައި އެކަން ކުރުވާ ގޮތަށް ކަމަށެވެ. "ބަނގުރާ ސަރވް ކުރުމަކީ ޙަރާމް ކަމެއްކަން އަންގައި ދިނީ އިސްލާމް ދީން. އެހިސާބުން އަހަރެން ބޭނުމެއް ނޫން ﷲ ޙަރާމް ކުރެއްވެވި ކަމެއް ކުރާކަށް. ނުކުރާނަން."

ޝަރީސްގެ މައްސަލަ "އީކްއަލް އެމްޕްލޯއިމަންޓް އޮޕޮޗުނިޓީ ކޮމިޝަނަށް" ހުށަހެޅީ މުސާރަ ނުލިބޭ ގޮތަށް ޗަރީސް ސަސްޕެންޑްކޮށްފައި ހުންނަތާ އަހަރަކަށްވުރެ ގިނަވީފަހުން ޗަރީސްގެ ގާތް ރަޙްމަތްތެރިއެއްގެ ފަރާތުން މުސްލިމް ޤާނޫނީ ވަކީލުކަންކުރާ އަންހެން ވަކީލަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ އިސްނަގައިގެންނެވެ.

ްަޝަރީސް މަސައްކަތްކުރާ "އެކްސްޕްރެސް ޖެޓް" އެއަރވޭސްގެ ވެބްސައިޓު ބުނާ ގޮތުން އެކުންފުނީގައި 9000 މުވައްޒިފުން ވަޒީފާ އަދާކުރެއެވެ. 388 ޖެޓުގައި ދުވާލަކު 2،200 ދަތުރު ކުރެއެވެ.

މިމައްސަލަ ފެންމަތިވުމާއި ގުޅިގެން އެކުންފުނިން ބުނެފައިވަނީ އެކުންފުނިން މުވައްޒިފުންގެ ދީނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ބުނާނެ ވަކި އެއްޗެއް ނުއެނގޭ ކަމަށެވެ.

މިމައްސަލަ މިހާރު ވަނީ ސީއެންއެން ފަދަ ބޮޑެތި މީޑިއާ ތަކުގެ ހެޑްލައިންތަކަށް އަރައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް