އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޑްސް ފުޓްބޯލް ފިއެސްޓާ 2015 ގެ ޗެމްޕިއަންކަން ކެންގަރޫ ކިޑްސް އަށާ ކަލާފާނު ސްކޫލަށް

ކިޑްސް ފުޓްބޯލް ފިއެސްޓާ 2015 ގެ ޗެމްޕިއަންކަން ކެންގަރޫ ކިޑްސް އަށާ ކަލާފާނު ސްކޫލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރާއްޖޭގެ ފުޓް ބޯޅައަށް ޚިދުމަތް ކުރުމުގެ ގޮތުން ވެޓެރަންސް އިން ކުރިއަށް ގެންދާ ސިލްސިލާ ކުޑަކުދިންގެ ފުޓް ބޯޅަ މުބާރާތްތަކުގެތެރެއިން "ކިޑްސް ފުޓްބޯލް ފިއެސްޓާ 2015" ގެ ޗެމްޕިއަންކަން ކެންގަރޫ ކިޑްސް އާއި ކަލާފާނު ސްކޫލް ހޯދައިފިއެވެ.

ޕްރި ސްކޫލް ބައިން ފައިނަލުގައި ވާދަކުރީ އަމީރު އަހްމަދު ސްކޫލް އާއި ކެންގަރޫ ކިޑްސް އެވެ. މިމެޗް 1- 3 އިން ކާމިޔާބުކުރީ ކެންގަރޫ ކިޑްސް އެވެ.

ގްރޭޑް 1 ގެ ބައިން ފައިނަލުގައި ވާދަކުރީ ތާޖުއްދީން ސްކޫލް އާއި ކަލާފާނު ސްކޫލެވެ. މިމެޗް 0- 1 ލަނޑުން ކާމިޔާބުކުރީ ކަލާފާނު ސްކޫލް އެވެ.

ހެންވޭރު ސްކޫލުގައި ހޮނިހިރު ދުވަހު ކުޅުނު މެޗްތައް ޝަރަފުވެރިކޮށްދެއްވީ ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ ޢާމިރު މަންސޫރުއެވެ.

މިރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާޤިރު ވެސް ބައިވެރިވެވަދައިގެންނެވިއެވެ.

ވެޓެރަންސް އިން ބުނީ އަންނަ އަހަރުގެ މުބާރާތުގައި ގްރޭޑް ،2 އަދި ހިމަނަން މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. މިމުބަރާތަކީ މައިލޯ އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ މުބަރާތުގައި 26 ސްކޫލަކުން 27 ޓީމު ވަނީ ވާދަކޮށްފައެވެ. ހުރިހައި ޓީމުތަކެއްގައި ބައިވެރިވި ކުދިންގެ ޖުމުލައަށް ބަލާއިރު 500 އަށްވުރެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް