އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވި ހައްޖުވެރިންގެ އަދަދު 111 އަށް އަރައިފި

މަރުވި ހައްޖުވެރިންގެ އަދަދު 111 އަށް އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ހަރަމްފުޅު ސަރަހައްދުގައި މަސައްކަތްކުރަން ބޭނުންކުރި ކްރޭން ފުރޮޅައިލައި ވެށްޓުމުން ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ހައްޖުވެރިންގެ އަދަދު 111 އަށް އަރަފި ކަމަށް ސައުދީ ނޫސްތަކުން ހާމަކޮށްފިއެވެ.

މިކަމާއިގުޅޭ ތަޙްޤީޤް ބަޔާންތައް މައްކާގެ ގަވަރުނަރު ޕްރިންސް ޕްރިންސް ޚާލިދު ވަނީ އާދީއްތަ ދުވަހު ވަލީ އަހްދަށް އަރުވައިފައެވެ. މިލިޔުންތައް ސަލްމާން ރަސްގެފާނަށް އަރުވާނީ ވަލީ އަހްދު ޕްރިންސް ނާއިފް ބިން މުޙައްމަދު އެވެ.

މިހާދިސާ އާއި ގުޅިގެން އެޑްމިޓްކޮށްފައި ތިބި އެންމެންގެ ގާތަށް ސަލްމާން ރަސްގެފާނު ވަނީ ޒިޔާރަތް ކުރައްވަވައިފައެވެ. އެއަށްފަހު ރަސްގެފާނު ޓްވީޓް ކުރައްވައި ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެންމެ ފުރިހަމައަށް ބައްލަވާނެ ކަަމަށެވެ. އަދި ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ފަރާތެއް ފާހަގަ ކުރެއްވެވިއްޖެ ނަމަ އެއީ ކޮންމެ ފަރާތެއް ނަމަވެސް އެ ފަރާތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިހިތާމަވެރި ހާދިސާ ހިނގުމުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގައި ސައުދީ ސަރުކާރުން ދެމުން ގެންދާ ސަމާލުކަމަށް ދުނިޔޭގެ ލީޑަރުން ގެންދަވަނީ ތައުރީފް ކުރައްވަމުންނެވެ. ޚާއްޞަ ގޮތެއްގައި ހޮސްޕިޓަލުތަކަށް އެޑްމިޓްކޮށްފައި ތިބި އެންމެންގެ ގާތަށް ސަލްމާން ރަސްގެފާނު ވަޑައިގެން ހާލު ބެއްލެވުމުން ގިނަ އަދަދެއްގެ ލީޑަރުން ގެންދަވަނީ އެކަން ފާހަގަ ކުރައްވަވަމުންނެވެ.

މިގޮތުން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިހައި ބޮޑު ހާދިސާއެއް ހިނގައި، އެހައި ގިނަ އަދަދެއްގެ މީހުން ހާލުގައި ޖެހުމުން، އެއެންމެންގެ ގާތަށް ޤައުމުގެ އެންމެ އިސްވެރިޔާ ޒިޔާރަތް ކުރައްވަވައި ހާލު ބެއްލެވުމަކީ ވަރަށް މަދުން ނޫނީ ދުނިޔޭގެ ތާރީޚުން ވެސް ފެނިފައިވާ ކަމެއް ނޫން ކަމަށެވެ.

މިހާދިސާގައި މަރުވުމަކީ ނަސީބެއް ކަމަށް ދެކެ މަރުނުވީތީ ބައެއް ހައްޖުވެރިން ގެންދަނީ ހިތާމަކުރަމުންނެވެ. މިގޮތުން މިޞުރުގެ ހައްޖުވެރިއެއް ކަމަށްވާ މުޙައްމަދު އިބްރާހީމް އޭއެފްޕީއަށް ދިން ބަޔާނުގައި ބުނެފައިވަނީ "މިމާތް ބިމުގައި މިމާތް ގެފުޅުގައި މަރުވުމުގެ ނަޞީބު ނުލިބުނީތީ ހިތާމަކުރާ" ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް