އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން 50 މިނީ އޮލިމްޕިކްސްގެ ބީޗް ވޮލީގެ ޓީމް އިވެންޓުން އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ސީ.އޯ.ސީ އިން ހޯދައިފި

މިނިވަން 50 މިނީ އޮލިމްޕިކްސްގެ ބީޗް ވޮލީގެ ޓީމް އިވެންޓުން އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ސީ.އޯ.ސީ އިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން މިހާރު ކުރިޔަށް ގެންދާ މިނިވަން ފަންސާސް މިނީ އޮލިމްޕިކްސްގެ ބީޗް ވޮލީގެ ޓީމް އިވެންޓުން އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ޓީމްތަކެވެ.

ސެޕްޓެމްބަރު 13 ވަނަ ދުވަހު މާލޭ ބީޗް ވޮލީ ކޯޓުގައި ފެށި މިމުބާރާތުގައި ފުރަތަމަ ދުވަހު ކުޅެފައިވަނީ ޓީމް އިވެންޓްގެ މެޗްތަކެވެ. އަދި 2015 ސެޕްޓެމްބަރު 14 ވަނަ ދުވަހު ކުޅެފައިވަނީ އިންޑިވިޑުވަލް އިވެންޓްގެ މެޗްތަކެވެ.

އަންހެން ޓީމް އިވެންޓުން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ސްޕެސަލިސްޓް އޮޕަރޭޝަން ކޮމާންޑަރ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހުގައެވެ.

ފިރިހެން ޓީމް އިވެންޓުން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ޓީމާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހުއެވެ. ފިރިހެން ޓީމް އިވެންޓްގެ ތިންވަނަ ހޯދާފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާރޓްމަންޓްގެ ޓީމްއެވެ.

އަންހެން އިންޑިވިޑުވަލް އިވެންޓްގެ ޗެމްޕިއަންކަން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ މުއިނާ ހަސަން އާއި ހަދީޖާ އިބްރާހިމް ހޯދާފައިވަނީ ސްޕެސަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓު ޓީމުގެ ސުހާނާ އަހުމަދު އާއި އާގިލާ ހާމިދުއާ ވާދަކޮށެވެ. އަންހެން އިންޑިވިޑުވަލް އިވެންޓްގް ތިން ވަނަ ހޯދާފައިވަނީ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ އާމިނަރު ސާތިރާ އާއި ޕޮލިސް ކަސްޓޯޑިއަލް ޑީޕާރޓްމަންޓްގެ ހާމިދާ އަބްދުލް އަލީމްއެވެ.

ފިރިހެން އިންޑިވިޑުވަލް އިވެންޓްގެ ޗެމްޕިއަންކަން ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގެ އަލީ މައުރޫފް އާއި އަހުމަދު ފާރިޝް ހޯދާފައިވަނީ ސްޕެސަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ މުހައްމަދު ޝަރަފް އާއި އަހުމަދު އަބްދުލް ސައްތާރުއާ ވާދަކޮށެވެ. ފިރިހެން އިންޑިވިޑުވަލް އިވެންޓްގެ ތިންވަނަ ހޯދާފައިވަނީ ސްޕެސަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ނިޝާދު އަލީ އާއި ހުޒެއިމަތު އަދުނާންއެވެ.

ބީޗް ވޮލީގެ އިވެންޓްތައް ނިންމާލުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާ ގިނަ ޢަދަދެއްގެ ފުލުހުންނާ ޢާއިލާތަކުން ބައިވެރި ވިއެވެ.

ޚަބަރު: އެމްޕީއެސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް