އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހު މަދީނާއަށް އެރި ޠޫފާނުގައި ލިބުނު ގެއްލުންތައް 70 މިލިއަން ރިޔާލައަށް

ހުކުރު ދުވަހު މަދީނާއަށް އެރި ޠޫފާނުގައި ލިބުނު ގެއްލުންތައް 70 މިލިއަން ރިޔާލައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މިދިއަ ހުކުރު ދުވަހު މަދީނާއަށް ކުރި ގަދަ ވިއްސާރައާއި ޠޫފާނުގެ ސަބަބުން ހައްޖުވެރިންނަށް ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ގެއްލުންތަކުގެ އަގު 50 މިލިއަން ރިޔާލަ އާއި 70 މިލިއަން ރިޔާލަ އާއި ދެމެދަށް އަރައިފިއެވެ.

ބައެއް ކުންފުނިތަކުގެ ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް ވަނީ ހަލާކުވެފައެވެ. އެހެންކަމުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް މަސްޖިދުއް ނަބަވީގެ ސަރަހައްދަށް ކާރު ވެއްދުމުގެ ހުއްދައަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ހައްޖުވެރިންނަށް މަދީނާގައި ޚިދުމަތްދޭ 207 ކުންފުނީގެ ތެރެއިން 50 ކުންފުނީގެ ޓެންޓުތައްވެސް ވަނީ ހަލާކުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުންފުނިތަކުގެތެރެއިން 20 އިންސައްތަ ކުންފުނިތަކުގެ ހުރިހައި ތަކެއްޗެއް ވަނީ ހަލާކުވެފައެވެ. ދެން ހުރި ކުންފުނިތަކަށް 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިކަންކަމަށް ބަދަލެއް ލިބޭތޯ ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުންފުނިތަކުން ފާހަގަ ކުރަނީ ހަލާކުވި ޓެންޓުތައް ހެދުމާއި ހަލާކުވި ވެހިކަލްތަކުގެ ބަދަލުގައި ތަކެތި ހޯދައިގެން ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް