އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދިއަރަބިޔާގެ މިސްކިތްތައް ގޮއްވާނަމަ

ސައުދިއަރަބިޔާގެ މިސްކިތްތައް ގޮއްވާނަމަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ސައުދިއަރަބިޔާއަކީ އެންމެހައި މުސްލިމުންގެ ޤައުމެވެ. އެބިމުގައި އެވާ ދެ ހަރަމްފުޅަކީ އެންމެހައި މުސްލިމުންގެ އެންމެ މުޤައްދިސް ދެ ބިނާއެވެ. މުސްލިމުން ދުނިޔޭގައި ތިބިހައި ދުވަހަކު ދެ ހަރަމްފުޅަށް ޒިޔާރަތްކުރާނެއެވެ. އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުންނެވެ. އުމުރާ ވުމަށެވެ. ހައްޖުވުމަށެވެ.

ކަން މިހެން އޮތް އިރު ފެންނަމުން މިދަނީ އެމާތް ބިމުގައި ހުރި މިސްކިތްތަކަށް ހަމަލާދެވެމުންދާ ތަނެވެ. ހަމަލާ ދިނުމަށް މަސައްކަތް ކުރާ ތަނެވެ. މިކަން މުސްލިމުންނަށް ބަލައިގަނެވޭނެ ބާވައެވެ!

މީގެ ދެދުވަހެއް ކުރިން ހަތިޔާރާއި ބޮން ބެލްޓާއިއެކު އަތުލައިގަތް ދެމީހުންގެ އަތުން އަތުލެވުނު ތަކެތީގެ ތަފްޞީލުތައް ސައުދީ ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ. އެއިގައި ހިމެނީ 3 މެޝިން ބަޑި، 36 މެގަޒިން، މެޝިން ބަޑީގެ 2848 ވަޒަން، އަތުން ހަދާފައި އޮތް 3 ބަޑި، މިބަޑިތަކަށް ލައްވާ 10 މެގަޒިން، 5 އަތުބޮން، މީގެ އިތުރުން ކާރުގެ ނަމްބަރު ޕްލޭޓާއި މޯބައިލް ފޯނުތަކާއި ލެޕްޓޮޕްތަކާއި ހަމަލާ ދިނުމަށް ރާވައިފައިވާ ތަންތަނަށް ހަމަލާދޭނެ ގޮތުގެ ޗާޓުތަކާއި ވަގު އައިޑެންޓިޓީ ކާޑާއި، ކާޑު ހަދަން ބޭނުންކުރާ ތަކެއްޗާއި ކާޑު ހަދާ މެޝިން ހިމެނެއެވެ. ހަމައެއާއިއެކު ހަތަރު ލައްކައަށްވުރެ ގިނަ ސައުދީ ރިޔާލައާއި 5،500 އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީގެ އިތުރުން ރިޒޯޓެއްގައި އުޅުނު ދެމީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އަތުލައިގަންނަން ސިފައިން މަސައްކަތްކުރަމުން ދަނިކޮށް ވަނީ ދެމިގަނެގެން ގޮސްފައެވެ. ސިފައިން އެމީހުންގެ މައްޗަށް ވެރިވެގަންނަން މަސައްކަތްކުރިވަގުތު އިންސާނުން އައްޑަނައަށް ހަދައިފައެވެ. ގިނަ ބައަކު މަރުވެދާނެ ފަދަ ގޮތަކަށް ހަމަލާދޭން ސިފައިންނަށް އުނދަނގޫވީއެވެ. އެދެމީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ގެންދަނީ ކުރަމުންނެވެ.

މިއަހަރުގެ މިހައިތަނަށް 3 މިސްކިތެއްގައި ޖާނުން ފިދާވެގެން އެތައް ބައަކު ވަނީ މަރައިފައެވެ. އިހައްދުވަހު އަތުލަގަނެވުނު ދެމީހުންގެ އަތުންވެސް ބޮން ބެލްޓެއް ފެނިފައި އޮތުމުން އެއީ އެފަދަ ކަމަކަށް ތައްޔާރުވަމުންދިއަ ބައެއްކަން މިވަނީ ހާމަވެފައެވެ.

މިކަންކަމަކީ ހަމައެކަނި ސައުދިއަރަބިޔާގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަމެއް ނޫނެވެ. ހުރިހައި ޤައުމުތަކެއްގައި ތިބި މުސްލިމުންވެސް ކަންބޮޑުވާންޖެހޭ ކަންކަމެވެ.

ސައުދިއަރަބިޔާއަކީ މުސްލިމުންގެ އެންމެ މުހިންމު ބިނާތައް ހުރި ޤައުމެވެ. އެންމެ މުޤައްދިސް ތާރީޚީ މިސްކިތްތައްވެސް ހުރި ޤައުމެވެ. މުސްލިމުންގެ ޝަޤާފަތުގެ އެންމެ ބޮޑުބައެއް ފެންނަން ހުރީ ވެސް އެ ޤައުމުންނެވެ.

މިއެންމެހައި ސަބަބުތަކަކީ މުސްލިމުން އެކަންކަމާއިމެދު އިންތިހާއަށް ކަންބޮޑުވާންޖެހޭ ސަބަބުތަކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް