އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އދގެ އެހީތެރިކަމާ ތަފާލިޖެހުން

އދގެ އެހީތެރިކަމާ ތަފާލިޖެހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

މިކުޑަކުޑަ ދިވެހި ރާއްޖެ އަކީވެސް އދގެ މެންބަރު ޤައުމެއްގެ ގޮތުގައި ހަމަޖެހުނުތާ 50 އަހަރުފުރި އެކަން ފާހަގަކުރަނީއެވެ. 50 އަހަރު ތެރޭގައި އެކި ގޮތްގޮތުން އދ އިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމުގެ އަގު ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ޖެހެއެވެ. ޚާއްޞަކޮށް ޞިއްޙީ ދާއިރާއިންނެވެ.

އދގެ މެންބަރަކަށް ރާއްޖެ ހަމަޖެހުނު އިރުވެސް ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުޑާ އެއް ޤައުމެވެ. އެންމެ މީސްކޮޅު އެއް ޤައުމެވެ. އެހެންކަމާއިއެކުވެސް ރާއްޖެއިން ޤަބޫލުކުރާ ކަންތައްތަކެއް ހުއްޓެވެ.

އެކަންކަމުގެ ތެރޭގައި ދުނިޔެއަކީ ހަނގުރާމަތަކުން ސަލާމަތްވެފައިވާ ޞުލްހަވެރި އަމާން ތަނަކަށްވުމާއި ހައިިހޫނުކަން އޮވެގެން ނުވާނެ ކަމާއި ބަލިތަކުން ސަލާމަތްވެ ދިރިއުޅެވެންޖެހޭނެ ކަމާއި އިހުމާލުކުރެވުން ނައްތައިލެވެންޖެހޭނެ ކަމެވެ.

މިކަންކަން އެނގިގެންދަނީ 11 އޮކްޓޯބަރ 1965 ގައި ރާއްޖޭގެ ދާއިމީ މަންދޫބުގެ ހައިޞިއްޔަތުން އަހްމަދު ޙިލްމީ ދީދީ އދ ގައި ކުރެއްވެވި ތަޤްރީރުންނެވެ. އެއީ ރާއްޖެއިން އދ ގައި ކުރި ފުރަތަމަ ތަޤްރީރްވެސް މެއެވެ.

އެތަޤްރީރުގައި އަހްމަދު ޙިލްމީ ދީދީ ވިދާޅުވީ ޞުލްހަވެރިކަމާއި ރަހްމަތްތެރިކަން ހުރިހައި ޤައުމުތަކެއްގެ މެދުގައި އޮންނަން ޖެހޭނެ ކަމަށާއި ދެ ކަންތައްވެސް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވަނީ ހުރިހައި ޤައުމުތަކާއި ހުރިހައި ޤައުމުތަކެއްގެ ރައްޔިތުންނާއި އެކުގައިވެސް ބަދަހި ގުޅުމެއް ބާއްވަން ކަމަށެވެ.

މީގެ 50 އަހަރު ކުރިން ރާއްޖެއިން ހާމަކުރި ސިޔާސަތުތަކަށް ރާއްޖެއިން އަދި މިހައިތަނަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ހުރިހައި ޤައުމުތަކާއިއެކުވެސް ގާތް ގުޅުމެއް ބޭއްވުމަށެވެ. އެއްވެސް ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރާއްޖެއިން ވަދެ ފާޑުކިޔައި ހަދާފައެއް ނުވެއެވެ. އެހެން ބައެއްގެ ދީނީ އަޤީދާގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުން ފަދަ ކަމެއްވެސް ކޮށްފައެއް ނުވެއެވެ.

އެހެނަސް ޚުދު ދ ގެ އަމަލުތައް ރާއްޖެއާއިމެދު ހުރީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ. ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. އެހެން ނަމަވެސް ﷲ ބާވައިލެއްވެވި ޙައްދުތައް ޤާއިމުކުރުމާއި ދެކޮޅަށް އދގެ ޕިއްލޭ ވަނީ ރާއްޖޭގައި ވަކާލާތުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

އެއަސްފަހު އިހައްދުވަހު ރާޅުގަނޑު ސަރަހައްދުގައި ފެނިގެންދިއައީ މިހާރުގެ ރެޒިޑެންޓް ކޯޑިނޭޓަރު މިސްކިތްތަކުގެ މުހިންމުކަން ކަނޑުވައިލަން ވަކާލާތުކުރިތަނެވެ. މިސްކިތްތަކަށްވުރެ މުހިންމުކަން ދޭންޖެހޭ ކަންތައްތަކެއް ހުރިކަން ހާމަކޮށެވެ.

މިސްކިތްތަކަށްވުރެ ތިމާވެށްޓަށް ސަމާލުކަން ދިނުމަށް ފައުޅުގައި ގޮވައިލި އިރު ތިމާވެށީގެ މައްސަލަތައް އުފެދިގެން މިއަންނަނީ ކިހިނަކުންކަން އޭނާއަކަށް ނުއެނގެއެވެ. މިސްކިތްތަކުގެ ވެރި ﷲ ސަލާމަތް ކޮށްދެއްވެވުމުން ނޫނީ ތިމާވެށީގެ މައްސަލަތަކުން ސަލާމަތް ނުވެވޭނެކަން އޭނާއަކަށް ނުއެނގެއެވެ. ނުވަތަ އެނގިހުރެ ބޭނުންވީ ގިނަ އަދަދެއްގެ ޒުވާނުން މަގުފުރެއްދުމަށެވެ.

މިއީ 50 އަހަރު ފުރުނު އިރު ފައުޅުގައި ދިވެހިންގެ މޫނުމަތީގައި އދ އިން ފައުޅުގައި ޖަހަމުން ގެންދާ ތަފާލިތަކެވެ. ކުރިއަށް އޮތް 5 އަހަރު ނިމި 55 އަހަރު ފުރޭއިރު މިކަންކަން އޮންނާނެ ޙާލަތަކާއިމެދު ވިސްނަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ނޫންނަމަ ޖެހިޖެހީނުން "ހޭނައްތައިލުމަކީ" ވަރަށް އެކަށީގެންވާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް