އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫރަޕްގެ އެންމެ މުސްލިމުން ގިނަ ޤައުމަކަށް ޖަރުމަން

ޔޫރަޕްގެ އެންމެ މުސްލިމުން ގިނަ ޤައުމަކަށް ޖަރުމަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޔޫރަޕަށް ހިޖުރަކުރަމުންގެންދާ ރިފުޖީންނާއިއެކު ޔޫރަޕުގައި އެންމެ މުސްލިމުން ގިނަ ޤައުމަކަށް ޖަރުމަން ވިލާތް ހަމެޖެހިގެންދާނެ ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.

ޖަރުމަނުގައި މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ މުސްލިމުން ރިފިޔުޖީންގެ ގޮތުގައި އެބަތިއްބެވެ. އަދި މިހާރުވެސް ގެންދަނީ އިތުރު ރިފިޔުޖީންނަށް ފުރުޞަތު ދެމުންނެވެ.

ބެލެވޭގޮތުން ރިފިޔުޖީންނާއި ޖަރުމަނުގެ މުސްލިމުންނާއިއެކު ޖަރުމަނުގައިި މުސްލިމުންގެ އާބާދީ އެޤައުމުގެ 15 އިންސައްތައަށް އަރާނެއެވެ. އެހެންވެއްޖެނަމަ ޔޫރަޕުގައި މައިނޯރިޓީ އާބާދީގެ ގޮތުގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނާނީ ޖަރުމަނުގައެވެ.

ޖަރުމަނުގައި ތިބި ރިފިޔުޖީންގެ 46 އިންސައްތައަކީ ސީރިޔާގެ ރިފިޔުޖީންނެވެ. ސީރިޔާގެ ރިފިޔުޖީންނަށް ސިޔާސީ ހިމާޔަތް އެޤައުމުން ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ.

ރިފިޔުޖީންގެ ތެރެއިން ޖަރުމަން ބަސް ދަސްކުރާ މީހުންނަށް ވަޒީފާ ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންކަމުން ގިނަ ބައަކު ދަނީ ޖަރުމަން ބަސް ދަސްކުރަމުންނެވެ.

ގިނަ އަދަދެއްގެ މުސްލިމުން ވަޒަންވެރިކުރުވުމަކީ ބިރެއްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޖަރުމަނުގެ ސަލާމަތީ ބާރުތަކުން ދަނީ ރައްދުދެމުންނެވެ. ސަލާމަތީ ބާރުތަކުން ބުނަނީ ނުރައްކާތެރި ބައަކު އެ ޤައުމަށް އެތެރެވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ލިބިފައި ނެތް ކަމަށެވެ.

ޖަރުމަނުން މިއަހަރު އެކަނިވެސް 800،000 ރިފިޔުޖީން ބަލައިގަންނަން ހަމަޖެހިފައިވާއިރު އެއިގެ ތެރެއިން ބޮޑުބައަކަށް ވެގެންދާނީ މުސްލިމުންނެވެ.

ޔޫރަޕުގައި މުސްލިމުން މިހާރު އެންމެ ގިނައީ ފްރާންސްގައެވެ. ބުނެވޭގޮތުން 4 މިލިއަން އެވެ. ނަމަވެސް އެއީ ޔަޤީން އަދަދެއް ނޫނެވެ. ޖަރުމަނުގައި މިހާރުވެސް 5 މިލިއަން މުސްލިމުން އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު