އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން 8 ވަނަ ފަހަރަށް ޕޮލިސް ކުލަބުން ހޯދައިފި

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން 8 ވަނަ ފަހަރަށް ޕޮލިސް ކުލަބުން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިހަވަންދޫ ކުލަބު ޕޯލް ސްޓަރގެ މައްޗަށް ކުރިހޯދައި ޤައުމީ ތަށި 8 ވަނަ ފަހަރަށް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އިހަވަންދޫ ކުލަބު ޕޯލް ސްޓަރ އާ ވާދާކޮށް ޕޮލިސް ކުލަބުން މެޗު ކާމިޔާބުކޮށްފައި ވަނީ 3-1 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓް 25-16 ން ޕޮލިސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓް ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި ސެޓުން ލީޑު ނަގައި ސެޓް ކާމިޔާބުކޮށްފައިވަނީ ކުލަބު ޕޯލް ސްޓަރއިންނެވެ. މިސެޓް އެޓީމުން ކާމިޔާބުކޮށްފައިވަނީ 25-18 ންނެވެ.

ތިން ވަނަ ސެޓް ފަށައިގެން އިހަވަންދޫ ލީޑު އޮވެ ކުޅެމުންދިޔަ ނަމަވެސް ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި 25-18 ން ސެޓް ކާމިޔާބުކޮށް ތަށްޓާ ގާތަށް ޖެހިލާފައެވެ. މެޗުގެ ހަތަރު ވަނަ ސެޓުގައި އިހަވަންދޫ ކުޅުންތެރިންގެ ފަރާތުން ހެދެމުންދިޔަ ގޯސްތަކުގެ ފައިދާ ނަގައި ޕޮލިސް ކުލަބުން ވަނީ 25-15 ން ސެޓް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބު ހައްވާ ރާޝިދާއެވެ. ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑްރީމް ޓީމް ހޮވާފައިވާއިރު މި ޓީމުގައި ހިމެނެނީ ޕޮލިސް ކުލަބު ހައްވާ ރާޝިދާ އާއި ސުހާނާ އަޙްމަދު އާއި އައިޝަތު ޝައްފަ އާއި ހަދީޖާ އިބްރާހިމް އާއި ފާތިމަތު ތަހޫރާ އާއި ނާޒިމާ ޢަބްދުލް ވާހިދު އާއި ދިއްދޫ ޓީނޭޖް ބޯއީސްގެ ހައްވާ ސާހާ އެވެ.

މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ނައިފަރު ޖުވެނައިލްގެ އާމިނަތު އަރީޝާ ހޮވުނުއިރު 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިއްދޫ ޓީނޭޖް ބޯއިސްގެ ފާތިމަތު ޖޫޒަންއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކުލަބު ކޯޗު މުޙައްމަދު ނަދީމް ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިހަވަންދޫ ޕޯލް ސްޓަރގެ ތައިލެންޑް ކުޅުންތެރިޔާ ބުއާލީ ޖަރޮންސްލީއެވެ.
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަޑައިގެންނެވިއިރު ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ހަވާލުކޮށްދެއްވީވެސް އެމަނިކުފާނެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް