އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަބްދުއްސައްތާރު މޫސާ ދީދީ- ތެދުވެރިކަމާ އަމާނާތްތެރިކަމުގެ ނަމޫނާ ރަން ޝަޚްޞިއްޔަތު

ޢަބްދުއްސައްތާރު މޫސާ ދީދީ- ތެދުވެރިކަމާ އަމާނާތްތެރިކަމުގެ ނަމޫނާ ރަން ޝަޚްޞިއްޔަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ޢަބްދުއްސައްތާރު މޫސާ ދީދީ ގެ ޚާއްޞަ ސިފަފުޅުތަކާއިމެދު ގިނަ ބޭފުޅުންތަކެއް ގެންދަވަނީ ތަފާތު ވާހަކަފުޅުތައް ދައްކަވަމުންނެވެ. އެބޭފުޅުންނަށް ކުރެއްވެވިފައިވާ ތަޖުރިބާތަކުގެ ވާހަކަފުޅުތަކެވެ.

ޢަބްދުއްސައްތާރު މޫސާ ދީދީ ގެ އެންމެ ޚާއްޞަ އެއް ސިފަފުޅަކީ އެމަނިކުފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. އެއިގެ ތެރެއިން ވަރަށް މަދު ކަމެއް ފާހަގަކޮށްލާނަމަވެ.

އެޒަމާނަކީ މިހާރުހެން ކޮންމެ މިނިސްޓްރީއެއްގައި ކްރެޑިޓް ކާޑުތައް ހުންނަ ޒަމާނެއް ނޫނެވެ. ރަސްމީ ދަތުރުފުޅެއް ކުރައްވަވާނަމަ ދަތުރުފުޅުގެ ޚަރަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަވާލުކުރައްވާނީ ނަގުދު ޑޮލަރުންނެވެ.

ކޮންމެ ދަތުރުފުޅެއް ކުރެއްވެވުމަށްފަހުވެސް ބާކީ ހުންނަ ފައިސާ ދަތުރުފުޅުގައި ކުރެއްވެވި ޚަރަދުތަކުގެ ތަފްޞީީލު ތަކާއިއެކު އަނބުރައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެންދެވީ ފޮނުއްވަމުންނެވެ.

ޢަބްދުއްސައްތާރު މޫސާ ދީދީ ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި ރަސްމީ ދަތުރުފުޅުގެތެރެއިން އަމިއްލަފުޅު ކަމަކު ބާޒާރަށް ވަޑައިގަންނަވާނަމަ ނުވަތަ އަމިއްލަފުޅު ކަމަކު މީހަކާއި ބައްދަލުކުރައްވަވަން ވަޑައިގަތުން ފަދަ ކަންކަމުގައި ޓެކްސީ ޚަރަދު ދައުލަތުގެ ފައިސާ އިން ކުރުމަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމެވެ. އެހެންކަމުން ޢަބްދުއްސައްތާރު މޫސާ ދީދީ އެފަ ބޭނުންފުޅުތަކަށް ކުރެއްވެވި ޓެކްސީ ދަތުރުތަކުގެ އަގު އަދާ ކުރައްވައިފައިވަނީ އަމިއްލަފުޅު ފައިސާ އިންނެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތެކެވެ.

އެޒަމާނަމީ މާލޭގައި މިކްސަރު ފަދަ ތަކެތި ގަންނަން ލިބެން ހުންނަ ޒަމާނެއް ނޫނެވެ، ގެކޮޅުގައި ގެންގުޅުއްވި މިކްސަރު ހުރީ ހަލާކުވެފައެވެ.

ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވިދާޅުވީ މިފަހަރު މާގިނައިން އަމިއްލަފުޅު ޓެކްސީ ދަތުރުތަކެއް ކުރައްވަން ޖެހިވަޑައިގަތުމުން މިކްސަރެއް ބައްލަވައި ނުގެންނެވުނު ކަމަށެވެ.

ނަމަވެސް ސަރުކާރު ފައިސާ އިން އެކަށީގެންވާ އަދަދެއް ބާކީ ކުރައްވައިގެން ގެންނެވިއެވެ. އެފައިސާ އަނބުރައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވަން އުޅުވަނިކޮށް "އެފައިސާ އިން ބައްލަވައިގެންފައި މާލެ ވަޑައިގެން އެއަދަދު އަނބުރައި ޖަމާނުކުރެއްވެވީ ކީއްވެތޯ؟" ސުވާލު ދެންނެވުނެވެ.

ދެއްވި ޖަވާބު ވަރަށް ސާފެވެ. ހާމަކުރެއްވެވި ސަބަބަކީ . ދައުލަތުގެ ފައިސާއިން މިކްސަރު ބައްލަވައިގެންނެވި ނަމަ ގެކޮޅުގައި ހުންނާނީ ދައުލަތުގެ ފައިސާ އިން ބައްލަވައިގެންނެވި މިކްސަރެއް ކަމެވެ.

އެއިރު މިހާރުގެ ނަމުންނަމަ އެސްޓީއޯގެ ވެރިއަކީ އެމަނިކުފާނެވެ. ދައުލަތުގެ ފިނޭންސް މިނިސްޓަރަކީ ވެސް އެމަނިކުފާނެވެ.

އެހެން ކަމެއްވެސް ދަންވައިލާނަމެވެ. ސަރުކާރުން ބާޒާރުމައްޗަށް ގެނައި ބަދަލާއިއެކު ޢަބްދުއްސައްތާރު މޫސާ ދީދީގެ ބައްޕާފުޅުގެ ފިހާރައެއް ވަނީ ސަރުކާރަށް ނަންގަވައިފައެވެ. ފަހުން ބިމެއް ދެއްވާ ގޮތަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އޯކިޑް މަގުން ފިހާރަތައް ދޫކުރި ދުވަސްވަރު ޢަބްދުއްސައްތާރު މޫސާ ދީދީގެ ވަރަށް އަރިސް ބޭކަލަކު "ބައްޕާފުޅުގެ ފިހާރައިގެ ބަދަލުގަ" ފިހާރައަކަށް އެދިވަޑައިގަތުމަށް ދެންނެވިއެވެ.

ދެއްވެވި ޖަވާބަކީ ބިމެއް ލިބިވަޑައިގެންނެވި ނަމަވެސް ފިހާރައެއް އަޅުއްވާނެ ފައިސާ އަތްޕުޅުގައި ނެތްކަމަށެވެ. އެއިރު ހުންނެވީ ހެލްތް މިނިސްޓަރުކަމުގައެވެ.

އެމަނިކުފާނަކީ ދިގު މައްދަތެއްގައި މާލީ ވަޒިރުކަން ކުރެއްވެވި ބޭފުޅެކެވެ. ރާއްޖޭގައި ބޭންކްތައް އުފެދިގެން އައީ އެމަނިކުފާނުގެ މާލީ ވަޒީރުކަމުގައެވެ. އެހެންކަމުން ބޭންކުތަކުން އެމަނިކުފާނަށް އައީ އިންތިހާއަށް އިޙްތިރާމް ކުރަމުންނެވެ.

އެހެންކަމާއިއެކުވެސް ބޭންކަކުން ލޯނެއްވެސް ނަންގަވަން ބޭނުންފުޅު ނުވީއެވެ. އަތްޕުޅުގައި ނެތް ފައިސާއެއް ބޭންކަކުން ހޯއްދަވައިގެން ނަމަވެސް ޚަރަދުޚުރައްވަން ބޭނުންފުޅު ނުވީއެވެ. މުސްތަޤްބަލުގައި ކިތަންމެ ބޮޑު ފައިދާއެއް ލިބެން އޮތް ނަމަވެސްމެއެވެ.

ވެރިކަން ބަދަލުވުމާއި ގުޅިގެން ކުރީ ވެރިކަމުގެ ކުށެއް ފެނޭތޯ އަތް ފުނާއެޅިއެވެ. ތަންތަން އެކިގޮތް ގޮތަށް އޮޑިޓް ކުރިއެވެ.

އެހެންކަމާއިއެކުވެސް ރައީސް މައުމޫން އެވިދާޅުވީ ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ އަމިއްލަ އެދުންފުޅެއް ނެތި ދިވެހި ޤައުމަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

އެބަސްފުޅު ވެގެން އެދިއައީ ޢަބްދުއްސައްތާރު މޫސާ ދީދީ ދިގުމުއްދަތެއްގައި އަދާކުރެއްވެވި ޤައުމުގެ އެންމެ އިސް މާލީ މަޤާމުތަކަށް +100 ރިޕޯޓަކަށް ކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެއް ނޫންތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް