އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2015 ގެ ޗެމްޕިއަންކަން އެމް.ޓީ.ޓީ.ސީ ހޯދައިފި

ހުޅުމާލެ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2015 ގެ ޗެމްޕިއަންކަން އެމް.ޓީ.ޓީ.ސީ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ހުރި މުއައްސަސާތަކާ ގުޅިގެން " އޭސް އަ ކޮމިއުނިޓީ ވީ ކޭން ރެޑިއުސް ކްރައިމް " ޝިއާރުގެ ދަށުން ހުޅުމާލޭގައި ކުރިޔަށް ގެންދާ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2015 ގެ ޗެމްޕިއަންކަން އެމް.ޓީ.ޓީ.ސީ ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެމް.ޓީ.ސީ.ސީ ހޯދައިފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗްގައި ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލާ ބައްދަލުކޮށް ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށް ފަހު ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނެލްޓީ ޖަހައިގެން 5-6 ން މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗް ނިމުމުން ވަނަވަނަ އައި ފަރާތްތަކަށާއި ޓީމްތަކަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ޑެޕިއުޓީހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި މާލޭ ސިޓީ ޕޮލިސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް އާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މުސްތަފާގެ އިތުރުން އެމް.ޓީ.ސީ.ސީ ގެ ޑެޕިއުޓީ ސީ.އީ.އޯ ރިޓަޔަޑް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހްއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލްގެ ޖާޒީ ނަމްބަރ 07 އަލީ ފަހުމީއެވެ.

މި މުބާރާތުގެ އެންމެ މޮޅު 05 ކުޅުންތެރިންނަށް ހޮވިފައިވަނީ ކުލަބް އެޗް.ޑީ.ސީ ގެ ޖާޒީ ނަމްބަރ 27 މުހައްމަދު މުސްލިހް އާއި ރެހެންދި ސްކޫލްގެ ޖާޒީ ނަމްބަރ 09 އާދަމް ލަރީފް އާއި އެމް. ޑަބްލިއު. އެސް. ސީގެ ޖާޒީ ނަމްބަރ 25 ޢަބްދުﷲ އެސައިދު އަބްދުލް ހަމީދު އާއި އެމް.ޓީ.ސީ.ސީ ގެ ޖާޒީ ނަމްބަރ 03 ޝުޖާއު ހަސަންގެ އިތުރުން ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލްގެ ޖާޒީ ނަމްބަރ 07 އަލީ ފަހުމީއެވެ

މި މުބާރާތުގެ އެންމެ ގިނަ ގޯލް އަދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ކުލަބް އެޗް.ޑީ.ސީ ގެ ޖާޒީ ނަމްބަރ މުހައްމަދު މުސްލިހްއެވެ. މި މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވިފައިވަނީ އެމް.ޓީ.ސީ.ސީ ގެ އިބްރާހިމް ޝާނީޒްއެވެ. މި މުބާރާޓުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެމް.ޑަބްލިއު.އެސް.ސީއެވެ.

މީގެ އިތުރުން މި މުބާރާތުގެ ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށާއި މި މުބާރާތް ރާވާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްކަށާއި މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދިނެވެ. .

އޮކްޓޯބަރ 19 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 03 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްޓެލްކޯ ފުޓްސެލް ދަނޑުގައި ކުރިޔަށްދިއަ މި މުބާރާތުގައި ޖުމްލަ 15 ޓީމް ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ފުރަތަމަ ބުރު ކުރިިޔަށް ގެންގޮސްފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ޕޮއިންޓް ސިސްޓަމަށް ކުޅެ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިިންޓް ހޯދާ 02 ޓީމާއި ތިންވަނަ އަށްދާ ތިން ޓީމްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ 02 ޓީމާ އެކު ޖުމްލަ 08 ޓީމް ކުއަޓާރ ފައިނަލަށް ދަތުރުކުރާގޮތަށެވެ.

(ޚަބަރު: އެމްޕީއެސް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު