އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގަ 26 މެޗް ކުޅެފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގަ 26 މެޗް ކުޅެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު


އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް 2015 ގައި އާދީއްތަ ދުވަހު ހަވީރާއި ހަމައަށް 26 މެޗް ކުޅެފިއެވެ.

25 ވަނަ މެޗިގައި ބައްދަލުކުރީ ގަލޮޅު ރަންތަރި ޓީމާއި މައްޗަންގޮޅި ވިދުވަރު ޓީމެވެ. މިމެޗް 23 ލަނޑު 0 ފޯލި/ 41 ލަނޑު 11 ފޯލިން ކާމިޔާބުކުރީ ވިދުވަރު ޓީމެވެ.

26 ވަނަ މެޗްގައި ބައްދަލުކުރީ އދ ކުނބުރުދޫ ބަށި ޓީމާއި އއ ތޮއްޑޫ ސޯސަންމާ ބަށި ޓީމެވެ. މިމެޗް 26 ލަނޑު 1 ފޯލި/ 41 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ކުނބުރުދޫ ބަށި ޓީމެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗަކީ ފީއަލީ ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމާއި ފެއަރީ ކްޔީން ޓީމާއި ދެމެދު ކުޅެވުނު މެޗެވެ. އެމެޗު 14 ލަނޑު 11 ފޯލި/ 40 ލަނޑު 6 ފޯލިން ކާމިޔާބުކުރީ ފީއަލީ ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމެވެ.

ދެވަނަ މެޗަކީ ފީއަލި ޒުވާނުންގެ ރޫޙްގެ ޓީމާއި ވިދާތަރި ޓީމާއި ދެމެދު ކުޅެވުނު މެޗެވެ. އެމެޗު 29 ލަނޑު 9 ފޯލި/ 33 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ވިދާތަރި ޓީމެވެ.

އާދީއްތަ ދުވަހު ހެނދުނު ކުޅުނު ފުރަތަމަ މެޗަކީ ގަލޮޅު ރަންކަނި ޓީމާއި ހުޅުމާލެ ވިމަންސް ސްޓާރގެ ޓީމާއި ދެމެދު ކުޅެވުނު މެޗެވެ. އެމެޗު 33 ލަނޑު 3 ފޯލި/ 36 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ހުޅުމާލެ ވިމަންސް ސްޓާރގެ ޓީމެވެ.

ދެވަނަ މެޗަކީ ރުއްކުރި ޓީމާއި ނިޔު ސްޓާރ ސްޕޯޓްސް ކްލަބްގެ ޓީމާއި ދެމެދު ކުޅެވުނު މެޗެވެ. އެމެޗު 31 ލަނޑު 11 ފޯލި/ 35 ލަނޑު 1 ފޯލިން ކާމިޔާބުކުރީ ރުއްކުރި ޓީމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު