އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ 33 މެޗް ކުޅެފި
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ 33 މެޗް ކުޅެފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު
އެސްޓއޯ ހޯމް އިމްޕްރޫވްމަންޓް ބަށިި މުބާރާތުގެ 33 މެޗް ކުޅެފިއެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފީއަލި ޒުވާނުންގެ ރޫހް އާއި ހުޅުމާލެ ދިރުން ޓީމެވެ. މިމެޗް 29 ލަނޑު 2 ފޯލި/ 30 ލަނޑު 1 ފޯލިން ކާމިޔާބުކުރީ ފީއަލި ޒުވާނުންގެ ޜޫޙްގެ ޓީމެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު ދެވަނަަ މެޗްގައި ބައްދަލުކުރީ ކުނބުރުދޫ ބަށި ޓީމާއި މައްޗަށްގޮޅި ވިދުވަރު ޓީމެވެ. މިމެޗް ނިމުނީ 37 ލަނޑު 11 ފޯލިން 2 ޓީމު އެއްވަރުވެގެންނެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރިއަލް އައިލަންޑްގެ ޓީމާއި ހުޅުމާލެ ވިމަން ސްޓާރ ޓީމެވެ. މިމެޗް 30 ލަނޑު 1 ފޯލި/ 35 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ރިއަލް އައިލަންޑްގެ ޓީމެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ގުލްސަންޕާ ޓީމާއި ފެއަރީ ކްޔީން ޓީމެވެ. މިމެޗް 23 ލަނޑު 0 ފޯލި/ 34 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ގުލްސަންޕާ ޓީމެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ރިއަލް އައިލަންޑް ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމެވެ. މިމެޗް 30 ލަނޑު 9 ފޯލި/ 33 ލަނޑު 4 ފޯލިން ކާމިޔާބުކުރީ ރިއަލް އައިލަންޑްގެ ޓީމެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކޮށްފައި ވަނީ ގުލްސަންޕާ ޓީމާއި ފީއަލި ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމެވެ. މިމެޗް 22 ލަނޑު 10 ފޯލި/ 38 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ފީއަލި ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމެވެ.
ހޯމަ ދުވަހުު ހެނދުނު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ހުޅުމާލެ ވިމަންސް ސްޕޯޓްސްގެ ޓީމާއި ވައިލެޓް ޓީމެވެ. މިމެޗް 20 ލަނޑު 11 ފޯލި/ 44 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ހުޅުމާލެ ވިމަންސް ސްޕޯޓްސްގެ ޓީމެވެ.
ހޯމަ ދުވަހު ހެނދުނު ކުޅުނު ދެވަނަަ މެޗްގައި ބައްދަލުކޮށްފައި ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމާއި ކުރިމަގު ޓީމެވެ. މިމެޗް 20 ލަނޑު 11 ފޯލި/ 36 ލަނޑު 1 ފޯލިން ކާމިޔާބުކުރީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމެވެ.
މިއަދު ހަވީރާއި މިރޭ ވެސް މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މޫސާ ވަހީދު
7 ޑިސެމްބަރ 2015