އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ފަށައިފި

އައްޑޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އައްޑޫ ސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް "ޖުނާ ފުޓުބޯލް ޗެލެންޖް 2015" އިއްޔެ ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރީ ހިތަދޫ މައިލޯސިޓީ އެފްސީ އާއި، ފޭދޫ ފްރެންޑްސް ކުލަބެވެ. މި މެޗު 1-0 އިން ކާމިޔާބުކުރީ ފުރެންޑްސް ކުލަބެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ފްރެންޑްސް ކުލަބު އަޙުމަދު ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ އޭނާއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެ ލަނޑަށްފަހު ވެސް އިތުރު ލަނޑު ޖަހާނެ ފުރުސަތު ފްރެންޑްސް ކުލަބުން ހޯދިއެވެ. އެހެންނަމަވެސް މައިލޯ ސިޓީ އެފްސީ ގެ ގޯލް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުގައި މައިލޯ ސިޓީ އެފްސީ އަށްވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނެވެ. އެހެންނަމަވެސް ފުރެންޑްސް ކުލަބުގެ ގޯލުގެ ހަތަރު ދަނޑިން ބޯޅަ އެތެރެ ކޮށްލެވޭ ވަރެއް ނުވިއެވެ.

ފްރެންޑްސް ކުލަބަކީ މި މުބާރާތުގެ އެންމެފަހުގެ ޗެންޕިއަން ޓީމެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ސަޢީދު (އައްމަޓީ) ގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ މި ޓީމް މިއަދުވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ހިތަދޫގެ އެފްސީ ރެސްޕެކްޓާއި، މަލްޓި ޖީނިއަސްއެވެ. މެޗު ފަށާނީ ހަވީރު 4.00 ގައެވެ. މި މެޗުވެސް ކުޅޭނީ ހިތަދޫ ޒޯން ސްޓޭޑިއަމް ގައެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް ތިންލައްކަ ރުފިޔާ ވަނީ ލިބޭނެއެވެ. ދެވަނަ ޓީމަށް ލިބެނީ އެއް ލައްކަ ރުފިޔާއެވެ. މިއީ އޮންދިގޯ ކުންފުނީގެ ވެރިޔާ މުޙައްމަދު ޖުނައިދު (ޖުނާ) ބާއްވާ މުބާރާތެކެވެ. މިއަދު ފެށީ މީގެ ފަސްވަނަ މުބާރާތެވެ.

މި މުބާރާތުގައި ވާދަކުރަނީ ފަސްޓީމެވެ. އެއީ ހިތަދޫ މައިލޯ ސިޓީ އެފްސީއާއި، އެފްސީރެސްޕެކްޓާއި، މަލްޓި ޖީނިއަސްއެވެ. ދެން ވާދަކުރަނީ ފޭދޫ ދެ ޓީމެވެ. އެއީ ފޭދޫ ޔޫތު ކޮމިޔުނިޓީ(އެފްވައިސީ) އާއި ފުރެންޑްސް ކުލަބެވެ. ފުރެންޑްސް ކުލަބަކީ މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމެވެ.

މުބާރާތް ކުރިއަށްދާނީ ޑިސެންބަރު 16 އިން 30 އަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު