އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޒްކު ގެ ހެޓްރިކާއެކު އެފްސީ ރެސްޕެކްޓް މޮޅުވެއްޖެ

ރިޒްކު ގެ ހެޓްރިކާއެކު އެފްސީ ރެސްޕެކްޓް މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

"ޖުނާ ފުޓުބޯލް ޗެލެންޖް 2015" ނުވަތަ "ޖުނާ ކަޕް" ގައި އިއްޔެ ބައްދަލުކުރީ ހިތަދުއަށް ނިސްބަތްވާ ދެޓީމް ކަމަށްވާ އެފްސީ ރެސްޕެކްޓާއި، މަލްޓި ޖީނިއަސްއެވެ.

މި މެޗު 6 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ އެފްސީ ރެސްޕެކްޓެވެ. މިއީ މި މުބާރާތުގައި މި ދެޓީމު ކުޅުނު އަލަތު މެޗެވެ. މި މެޗުގައި 4 ލަނޑު ޖަހައިގެން އެފްސީ ރެސްޕެކްޓުގެ ރިޒްކު ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ ޝަފްރާޒެވެ. މަލްޓި ޖީނިއަސް ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ކާމިޔާބު ކޮށްދިނީ ޒިމާމެވެ. އަނެއް ލަނޑު ޖަަހައިދިނީ އާސިފް ނަޢީމެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 3 ލަނޑު 1 ލަނޑުން އެފްސީ ރެސްޕެކްޓް ކުރީގައި އޮވެގެންނެވެ. އެޓީމުގެ ފަހު 3 ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މަލްޓި ޖީނިއަސްގެ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކުރީ ފަހު ހާފުގައެވެ.

ފައިނަލް މެޗާއެކު މި މުބާރާތުގައި ޖުމްލަ 11 މެޗު ކުޅޭނެއެވެ. ފައިނަލް މެޗު އޮންނާނީ ޑިސެންބަރ 30 ވަނަ ދުވަހުއެވެ. ފައިނަލުގައި ބައްދަލު ކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. ބައްދަލު ކުރާނީ ފޭދޫ ފްރެންޑްސް ކުލަބާއި، ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އެވެ. މެޗު ފަށާނީ ހަވީރު 4.00 ގައެވެ.

މީއީ ފްރެންޑްސް ކުލަބުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗު މިމަހު 16 ވަނަ ދުވަހު ކުޅުނީ މައިލޯ ސިޓީ އެފްސީއާ ދެކޮޅަށެވެެ. އެކެއް ސުމަކުން އެ މެޗު ކާމިޔާބުކުރީ ފްރެންޑްސް ކުލަބެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު