އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދުހަމްގެ ލަނޑުތަކުން މައިލޯ މޮޅުވެއްޖެ

އަދުހަމްގެ ލަނޑުތަކުން މައިލޯ މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ "ޖުނާ ފުޓުބޯލް ޗެލެންޖް 2015" ގައި މިއަދު ބައްދަލުކުރީ މަލްޓި ޖީނިއަސް އާއި، މައިލޯ ސިޓީ އެފްސީ އެވެ.

މި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ މައިލޯއެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓުގައިޖެހީ މަލްޓި ޖީނިއަސްގެ ޖަރޒީ ނަންބަރު 7 އަޙުމަދު ނާދިރެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު 19 ވަނަ މިނެޓުގައި ޖެހީ މައިލޯގެ ޖަރޒީ ނަންބަރ 9 ޙަސަން އަދުހަމެވެ. މައިލޯ ސިޓީން ލީޑު ނެގީ މެޗުގެ 29 ވަނަ މިނެޓުގައި މަލްޓި ޖީނިއަސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

އެ ލަނޑު ވަނީ މަލްޓި ޖީނިއަސްގެ ޖަރޒީ ނަންބަރ 27 އަޙުމަދު ރިޒުނީ އަތުނެވެ. މަލްޓި ޖީނިއަސްއިން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 41 ވަނަ މިނެޓުގައި ޖަރޒީ ނަންބަރ 20 މުޙައްމަދު ޖެހި ލަނޑުންނެވެ.

ފުރަތަމަ ހާފް ނިމުނީ 2-2 އިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ 56 ވަނަ މިނެޓާއި، 64 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައިގެން މައިލޯ ސިޓީގެ އަދުހަމް ވަނީ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. އިތުރު ލަނޑު ޖެހުމަށް ދެޓީމުންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި 3 ލަނޑު ޖެހި، މައިލޯ ގެ ޙަސަން އަދުހަމެވެ.

މާދަމާވެސް މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، އެފްސީ ރެސްޕެކްޓެވެ. މެޗު ފަށާނީ ހަވީރު 4.00 ގައެވެ.




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު