އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޫޓާން ބަލިކޮށް ރާއްޖެ ފެށުން ރަނގަޅު ކޮށްފި

ބޫޓާން ބަލިކޮށް ރާއްޖެ ފެށުން ރަނގަޅު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ސާފް ސުޒުކީ ކަޕުގެ ފުރަތަމަ މެޗުގައި އިއްޔެ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗު 3-1 ލަނޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެގެ މުޅި މެޗުގައި ރާއްޖެވަނީ ހިތްގައިމު ރީތިކުޅުމެއް ކުޅެފައެވެ. އަދި މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީވެސް ރާއްޖެއެވެ. އޭގެ ނަތީޖާއަކީ ބޫޓާނުގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ސީދާ ވުމެއެވެ. އެހެންނަމަވެސް ތިން ދަނޑިން އެތެރެވީ އެންމެ 3 ލަނޑެވެ.

ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ރާއްޖެއެވެ. މެޗުގެ 9 ވަނަ މިނެޓުގައި ރާއްޖެއަށް މިލަނޑު ޖަހައިދިނީ އަޙުމަދު އިމާޒް (އާއްކޮ) އެވެ. އޭނާ މިލަނޑު ޖެހީ ބޫޓާނުގެ ކުޅުންތެރިންގެ ބޯމަތިން އޭރިއާ ތެރެއަށް ދަގަނޑޭ އޮއްސާލި ބޯޅަ ހިފައިގެން ވަދެ ގޯލުގެ ތިރީ ކަނަށް ވައްދައިގެންނެވެ.

ރާއްޖެއިން ސްކޯ ކުރުމުން ބޫޓަނުން ކުރިއަށް އަރައި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ބޫޓާނުން ލަނޑު ޖެހީ 20 ވަނަ މިނެޓުގައެވެ. އެލަނޑުޖެހީ ޝެރިން ޑޯޖީ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ވައްދާލީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަށެވެ.

މި ލަނޑަށްފަހު ރާއްޖޭގެ ކުޅުންތެރިންވަނީ ކުޅުމުގެ ތެރެއަށް ފިސާރި ރަނގަޅަށް ވަދެ ބޫޓާން ހާސްކޮށްލާފައެވެ. ރާއްޖެއިން ދެވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 32 ވަނަ މިނެޓުގައި އަސަދުﷲ ޢަބްދުﷲ ޖެހި ލަނޑުންނެވެ.

ރާއްޖޭގެ 3 ވަނަ ލަނޑުޖެހީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގައެވެ. އޭނާ މިލަނޑު ޖެހީ ބޫޓާނުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލަށް ވައްދައިގެންެވެ.

މި މެޗުގައި ދަގަނޑޭ ވަނީ މޮޅަށް ކުޅޭ ލަނޑުވެސް ޖަހައިފައެވެ. އަދި އެހެން ކުޅުންތެރިން ލައްވައި ކުޅުވުމަށް މަސައްކަތް ކޮށް ލަނޑު ޖެހުމަށްވެސްވަނީ އެހީތެރިވެފައެވެ.

މެޗަށްފަހު ދިވެހި ކޯޗު ބުނީ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަބަދުވެސް ބަލަނީ އިދިކޮޅަށް ކުޅޭ ޓީމަށްވުރެ މޮޅަށް ކުޅުމަށް ކަމަށެވެ. ލިބުނު ފުރުސަތު ތަކުގެ ބޭނުން ރަނގަޅަށް ކުރެވުނުނަމަ ނަތީޖާ ތަފާތުވީސް ކަމަށް އޭނާ ބުންޏެވެ. ކުރިއަށްއޮތްތަނުގައި ނިންމާލުމުގެ މައްސަލަ ޙައްލު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބޫޓާނުގެ ކޯޗު ބުނީ ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު އެޓީމަށް ލިބުނު ކަމަށެވެ. ރާއްޖެއާ ދެކޮޅަށް ނުކުތީ މޮޅުޓީމެއް ކަމަށް ދެކިގެން ކަމަށްވެސް އޭނާ ބުންޏެވެ. މި މި މުބާރާތުގައި އަފްޣާނިސްތާނާއި ބަންގާޅު ކުޅުނު މެޗު 4-0 އިން މޮޅުވީ އަފްޣާނިސްތާނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު