އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިމެންސް ކަޕްގައި ވާދަކުރާނީ ހަ ޓީމް

ވިމެންސް ކަޕްގައި ވާދަކުރާނީ ހަ ޓީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އައްޑޫ ސިޓީގެ އަންހެނުންގެ ފުޓުސަލް ކުޅުމުގެ ހުނަރު އިތުރުކޮށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ފުޓުސަލް މުބާރާތް "އެމްސީޔޫ ވިމެންސް ވަންޑޭ ކަޕް 2016 " ގައި ވާދަކުރާނީ ޖުމްލަ ހަ ޓީމެވެ.



ހިތަދޫ މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) ގެ ޔޫތު ކޯޑިނޭޓަރ އިބްރާހީމް ޟިރާރު ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވެފައިިވަނީ މަރަދޫ ވިމެންސް އެފްސީ 1 އާއި، ހިތަދޫ ވިމެންސް އާއި، ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާއި، މީދޫ ދޮންދީނާއި، މަރަދޫ ގޯދިއްޔާއި، މީދޫ މުލިމަތި ޓީމެވެ.



މުބާރާތް ކުރިއަށް ގެންދަނީ ކޮންމެ ގްރޫޕެއްގައި 3 ޓީމް ކުޅޭ ގޮތަށް ދެ ގްރޫޕަށް ބަހައިގެންނެވެ. ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ. އެއީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.



ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އޭ ގްރޫޕުންގެ އެއްވަނަ ޓީމާއި ބީ ގްރޫޕުގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ. ފައިނަލަށް ދާނީ އޭގެ ތެރެއިން މޮޅުވާ ދެ ޓީމެވެ.



މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު މެންދުރު ފަހު 2:00 ގައެވެ. 22:00 އިން ހަވީރު 6:00 އަށް ކުޅޭނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. އެއަށްފަހު ރޭގަނޑު 8:00 އިން 9:00 އަށް ކުޅޭނީ ސެމީގެ މެޗުތަކެވެ. ފައިނަލް މެޗު ކުޅޭނީ ރޭގަނޑު 10:00 އިން 10.30 އަށެވެ. އެއަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކަށް ތައްޓާއި މެޑެލް ދޭނެއެވެ.

ފޭދޫ ފުޓުސަލް ދަނޑުގައި ބާއްވާ މިމުބާރާތުގެ ޝަރަފްވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމް ދީދީ (އައިބީ) އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު