އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްސީޔޫ ވިމެންސް ކަޕް މިއަދު ފަށާނެ

އެމްސީޔޫ ވިމެންސް ކަޕް މިއަދު ފަށާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އައްޑޫ ހިތަދޫ، މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން ބާއްވާ "އެމްސީޔޫ ވިމެންސް ވަންޑޭ ކަޕް 2016" ފުޓުސަލް މުބާރާތް މިއަދު ފަށާނެއެވެ.

މިއަދު މެންދުރު ފަހު 2.00 ގައި ފޭދޫ ފުޓުސަލް ދަނޑުގައި ބާއްވާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެ ޓީމް ކަމަށްވާ ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާއި މީދޫ މުލަމަތި ޓީމެވެ.

ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ މުބާރާތުގެ މެޗެއް ނިމުމަށްފަހު އަނެއް މެޗު ފެށުމާ ދެމެދު ލިބޭނީ 20 ވަރަކަށް މިނެޓެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މަރަދޫ ގޯދިއްޔާއި، މަރަދޫ ވިމެންސް އެފްސީ 1 އާއި، ހިތަދޫ ވިމެންސް އާއި، ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، މީދޫ ދޮންދީނާއި، މީދޫ މުލިމަތި ޓީމެވެ.

އަންހެނުންނަށް ޚާއްސަ ކޮށްގެން އެއްދުވަހަށް ބާއްވާ ފުޓުސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މެންދުރު ފަހު 2.00 އިން ހަވީރު 6.00 އަށެވެ. ސެމީގެ މެޗުތައް ކުޅޭނީ ރޭގަނޑު 8:00 އިން 9:00 އަށެވެ. ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕު އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ.
ފައިނަލް މެޗު ކުޅޭނީ ރޭގަނޑު 10:00 އިން 10.30 އަށެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނެވެ.

އެމްސީޔޫ އިން މައުލޫމާތު ދިން ގޮތުގައި މުބާރާތުގައި އެއްވަނަ ދެވަނަ ޓީމުގެ އިތުރަށް ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މެޗެއްގެ މޮޅުކުޅުންތެރިޔާގެ މަޤާމާއި، އެންމެމޮޅު ފަސްކުޅުންތެރިންނާއި، ފެއާޕްލޭ ޓީމާއި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމް ކަމަށެވެ.

މި މުބާރާތުގެ ޝަރަފުވެރި މެހުމާނަކީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު