އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެމީގެ ޖާގަ ތިން ޓީމަކުން ކަށަވަރު ކޮށްފި

ސެމީގެ ޖާގަ ތިން ޓީމަކުން ކަށަވަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

މިނިވަން 50 ޗެންޕިއަން ޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީގެ ޖާގަ ތިން ޓީމަކުން ކަށަވަރު ކޮށްފިއެވެ.

ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވަނީ އުތުރުން ށ.ފޯކައިދޫ އާއި ބ.އޭދަފުށްޓެވެ. ދެކުނުން ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ސ. ފޭދޫ އެވެ. ދެކުނުގެ ދެވަނަ ޖާގަ ކަށަވަރުވާނީ ފަރެސްމާތޮޑާއި ލ.ގަން މާދަމާ ކުޅޭ މެޗަށްފަހުއެވެ. އެމެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ކަށަވަރު ވާނެއެވެ. އެހެންނަމަވެސް މެޗު އެއްވަރު ކޮށްގެންވެސް ސެމީއަށް ދިޔުމުގެ ފުރުސަތު ފަރެސްމާތޮޑާއަށް އެބައޮތެވެ.

ސ.ފޭދޫން ސެމީގެ ޖާގައެއް ކަށަވަރު ކުރީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ވ. ކެޔޮދުއާ ބައްދަލުކޮށް މޮޅުވެގެންނެވެ. ފޭދޫ އެ މެޗުން މޮޅުވީ 6-1 ލަނޑުންނެވެ.

މެޗުގެ ވަރަށްކުރީ ކޮޅު ފޭދޫ ޓީމުންވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެހެންނަމަވެސް ގިނައިރެއްނުވެ ކެޔޮދޫއިން ވަނީ އެޓީމުގެ ހަމައެކަނި ލަނޑުޖަހައި ނަތީޖާ ހަމަމަ ކޮށްފައެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި ފޭދޫންވަނީ ފުރަތަމަ ހާފުގައި 4 ލަނޑު ޖަހައިފައެވެ.

މެޗުގެ ފަހު ހާފުގައި ކެޔޮދޫ ފެނުނީ ވަރުގަދަކޮށްނެވެ. މޮޅަށް ކުޅެ އެތައް ހަމަލާއެއް އުފެއްދިއެވެ. އަދި ހުސް ފުރުސަތުތަކެއްވެސް ހޯދިއެވެ. އެހެން ނަމަވެސް އިތުރު ލަނޑެއް އެޓީމަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގައި ފޭދުން ޖެހި 6 ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މެޗުގައި އިތުރު ލަނޑުޖަހާނެ ފުރުސަތު ފޭދުއަށް ވެސް ވަނީ ލިބި ކާމިޔާބު ނުވެފައެވެ.

މިއަދުގެ މެޗަށްފަހު ކެޔޮދޫން ވަނީ މުބާރާތުން ކަޓައިފައެވެ. އެ ޓީމް ކަޓައިފައިވަނީ އެއްވެސް މެޗަކުން މޮޅު ނުވެއެވެ.

މި މުބާރާތުގެ ސެމީގެ މެޗުތަކާއި ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު