އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެމީފައިނަލުގެ ފަހު ޖާގަ ފަރެސްމާތޮޑާއަށް

ސެމީފައިނަލުގެ ފަހު ޖާގަ ފަރެސްމާތޮޑާއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މިނިވަން 50 ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ހޯދައިފިއެވެ.

ސެމީގެ ފަހު ޖާގަ އެޓީމުން ކަށަވަރު ކޮށްފައިވަނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ލ. ގަމާ ބައްދަލުކޮށް 2-1 ލަނޑުން މޮޅުވެގެންނެވެ. މި މޮޅާއެކު ފަރެސްމާތޮޑާއަށް 7 ޕޮއިންޓް ވަނީ ލިބިފައެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދި ފޭދުއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނަމަވެސް އެ ޓީމް އެއްވަނަ ހޯދީ ޖެހި ގޯލުގެ އަދަދު ފަރެސްމާތޮޑާއަށްވުރެ ގިނަވުމުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ގަމު ޓީމުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެލަނޑު ކާމިޔާބުކޮށްދިނީ ޖަރޒީ ނަންބަރ 15 ޙުސައިން ލަތީފެވެ. އެއްވަރު ކުރި ލަނޑު ފަރެސްމާތޮޑާއިން ޖެހީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖަހައިދިނީ ޖަރޒީ ނަންބަރު 7 ޙުސައިން އިރުޝާދު (އިރޭ) އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑުޖަހާނެ އެތައް ފުރުސަތު ތަކެއް ފަރެސްމާތޮޑާއަށް ލިބި ވަނީ ބޭކާރު ކޮށްފައެވެ. ހަމަ އެގޮތަށް ގަމު ޓީމަށް ނަތީޖާ ބަދަލު ކޮށްލުމަށް އެތައް ފުރުސަތެއް ލިބި ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފަހުހާފުގައި ފަރެސްމާތޮޑާއިންވަނީ ފުލުފުލުގައި ގަމު ގޯލަށް ހަމަލާތައް އަމާޒު ކުރަން ފަށައިފައެވެ. އެޓީމް މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ޖަރޒީ ނަންބަރ 17 މުޙައްމަދު ސަޢީދެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީ ގެ ދެވަނަ ފަރެސްމާތޮޑާއި، ގްރޫޕް އޭ ގެ އެއްވަނަ ބ. އޭދަފުށްޓެވެ. ދެވަނަ ސެމީގައި ފޭދޫ ބައްދަލު ކުރާނީ ގްރޫޕު އޭ ގެ ދެވަނަ ޓީމް ށ. ފޯކައިދުއާއެވެ.

ސެމީގެ މެޗުތަކާއި ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗުވެސް ކުޅޭނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު