އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އުންމީދީ 2016" ޖަލްސާގަ ގިނަ ބައަކު ޕީޕީއެމް އާ ގުޅިއްޖެ

"އުންމީދީ 2016" ޖަލްސާގަ ގިނަ ބައަކު ޕީޕީއެމް އާ ގުޅިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

"އުންމީދީ 2016" ގެ ނަމުގައި ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން މިރޭ އަލިމަސް ކާނިވަލްގައި ބޭއްވި ޖަލްސާގައި ގިނަ ބއަކު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

އެންމެ ގިނަ ބައަކު ގުޅިފައިވަނީ ނ. ހޮޅުދޫ، އައްޑޫސިޓީ، ހދ. ކުޅުދުއްފުށި، ލ. މާމެންދޫ އިންނެވެ. މީގެ އިތުރުން އެމްޓީސީސީ އާއި ބައެއް ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލަރުންެސް ވަނީ ޕީޕީއެމް އާއި ގުޅިފައެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ ވެސް ވަނީ ޕީޕީއެމް އާއި ގުޅިފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް ރައީސް މައުމޫން ވިދާޅުވީ އުންމީދު ކުރުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ އުންމީދުތައް ޙާޞިލުކުރަން މަސައްކަތް ކުރުން ކަމަށެވެ. އަދި އުންމީދުތައް ހާޞިލުކުރަން މަސައްކަތްކުރެވޭކަން ރައްޔިތުންނަށް ޤަބޫލުކުރެވުން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މިއަހަރަށް އެމަނިކުފާނު ކުރައްވާ އުންމީދަކީ ޕާޓީއަށް އެއް ލައްކަ މެންބަރުން ހަމަކުރެއްވުމާއި މާލޭގެ މަގުތަކަކީ އަމާން ތަންތަން ކަމަށް ވެގެން ދިއުން ކަމަށެވެ.

މިރޭގެ ޖަލްސާގައި 13،000 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ރޭގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް