އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުވައްމުލަކުގައި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯހެއް ފަށައިފި

ފުވައްމުލަކުގައި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯހެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއިި ޏ.ފުވައްމުލަކުގައި ޒުވާނުންގެ މަރުކަޒު ގުޅިގެން ފުވައްމުލަކުގައި 12 ފެބްރުއަރީ 2016 އިން 20 ފެބްރުއަރީ 2016 އަށް ވޮލީބޯޅައިގެ ދާއިރާއިން ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ މިއީ ކުޅިވަރުގެދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ކުރާ މަސައްކަތުގެދަށުން2016 ވަނައަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެތެރެއިން ކުރިއަށް ގެންދިއަ ޕްރޮގްރާމެއް ކަމަށެވެ.

ފުވައްމުލަކަށް އަމާޒުކޮށްގެން ބޭއްވުނު މިކޯހުގައި ބައިވެރިވީ ޖުމުލަ 25 ބައިވެރިންނެވެ. މީގެތެރެއިން ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 19 ބައިވެރިންނެވެ. އެއީ 13 ފިރިހެން އަދި 06 އަންހެނުންނެވެ.

09 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއަ މިކޯހުގައި ވޮލީބޯޅައިގެ ޤަވާއިދާއި ރެފްރީކަންކުރުމުގެ ހުނަރު ދަސްކޮށްދެވުނެވެ. ކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ރެފްރީ ހުސެއިން ހަމީދުއެވެ.

މިޕްރޮގްރާމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ފުވައްމުލަކުގެ ޔޫތް ސެންޓަރު އަދި ދަނޑިމަގު ވޮލީ ކޯޓްގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު