އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަށި ވިއްކުވުން ހަމަ ރަނގަޅު، ޖަލަށްދާން ޖެހުން މައްސަލައެއް؟

ހަށި ވިއްކުވުން ހަމަ ރަނގަޅު، ޖަލަށްދާން ޖެހުން މައްސަލައެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ހުރިހައި ޤައުމެއްގައިވެސް މިހާރު އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވަނީ ވަގުފާރީގެ މައްސަލަތަކެވެ. މަކަރާ ހީލަތުން މީހުން އެހެން ޤައުމުތަކަށް ގެންގޮސް އަޅުވެތިކޮށް ތަފާތު ކުށްތައް ކުރުވުމުގެ މައްސަލަތަކެވެ.

ދުބާއީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ 2 ފިރިހިނެކާއި އަންހެނަކު ބަންގްލަދޭޝް އިން 15 އަހަރުގެ އަންހެންކުއްޖަކާއި 19 އަހަރުގެ އަންހެން ކުއްޖަކު ދުބާއީއަށް ގެނައީ ކިޔަވައިދީ ބަލަހައްޓާނެ ކަމަށް ބުނެއެވެ.

އެއަރޕޯޓުން ޓެކްސީއަށް އެރުމަށްފަހު ދެ ކުދިންގެ ޕާސްޕޯޓް އެމީހުންގެ ބެލުމުގެދަށަށް ގެންދިއައެވެ. އެއަށްފަހު ދެ ކުދިންނަށް ކުރަންޖެއްސުވި މަސައްކަތަކީ ހިލޭ ފިރިހެނުންނަށް މަސާޖުކޮށްދިނުމާއި ހަށިވިއްކުމެވެ. ހެނދުނު 10 އަކުން ރޭގަނޑު 12 އަށް އެކަންކަން ކުރުވުމަށްފަހު އަގަކަށް ފައިސާ ދެމުން ގެންދިއައީ އެފަހަރަކު ހިތަށް އެރި ވަރަކަށެވެ.

6 މަސްދުވަހު އެހާލުގައި އުޅުނު ފަހުން 19 އަހަރުގެ އަންހެން ކުއްޖާ އާއި ބައްދަލުވި ފިރިހެނަކު އޭނާއަށް ހަމްދަރުދީވިއެވެ. ފުލުހަށް ގުޅައިގެން ގެނެސް ކަމުގެ ހަޤީޤަތް ކިޔައިދިނެވެ.

އަންހެން ކުއްޖާގެ ކިބައިން ލިބުނު މައުލޫމާތުގެ އެހީގައި ފުލުހުން އެ ފްލެޓަށް ގޮސްބެލިއިރު އެ ފްލެޓުގައި އެއިރުވެސް އެފަދަ ކަންތައްތަކެއް ހިނގައެވެ.

އަހަރު ދުވަހުގެ ޝަރީއަތަށްފަހު މިއަދު ކޯޓުން ޙުކުމް ކުރީ 3 މީހުން، ކޮންމެ މީހަކު 10 އަހަރަށް ޖަލަށް ލުމަށެވެ. އަދި ޙުކުމް ތަންފީޒުކޮށް ނިމުމުން ބަންގްލަދޭޝްއަށް ފޮނުވައިލުމަށެވެ.

ޙުކުމާއިމެދު ހިތްހަމަނުޖެހޭކަމަށް ބުނުމުން ފަނޑިޔާރު ވިދާޅުވިއެވެ. "އިންސާނުންނަށް އޮޅުވާލައި އަޅުވެތިކޮށްގެން އެމީހުންގެ ހަށި ވިއްކުވައި އެކަމުން މުއްސަނދިވުމަކީ ކަލޭމެންނަށް ކުރަން އެންމެ ރަނގަޅު ކަމެކެވެ. އެތައް ބައިވަރު އަންހެންކުދިން އަޅުވެތިކޮށް އިއްފަތް ވިއްކައިފީމުއެވެ. ނަމަވެސް ކަލޭމެންނަށް އަދަބެއް ލިބުނީމާ އެކަން ބަލައިގަންނަން ބޭނުމެއް ނުވެއެވެ. ވީއިރު އިންސާފަކީ ކޮބައިކަން ކަލޭމެން ނިކަން ބުނެދީބަލާށެވެ. ދުބާއީގެ ޤާނޫނު ހުއްދަކުރާނަމަ އަހަރެން ޙުކުމް ކުރާނީ ކަލޭމެން މެރުމަށެވެ."

ވަގުފާރީގެ މައްސަލަތަކަކީ މިއަދު ދުނިޔެވެސް އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަށް ވެފައިވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް