އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލާ ކަހަނބުގެ ހުރިހާ ބާވަތްތަކެއް ތިމާވެށީގެ ޤާނޫނުގެދަށުން ޙިމާޔަތްކޮށްފި

ވެލާ ކަހަނބުގެ ހުރިހާ ބާވަތްތަކެއް ތިމާވެށީގެ ޤާނޫނުގެދަށުން ޙިމާޔަތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ރާއްޖޭގެ ސަރަހައްދުގައި ދިރިއުޅޭ ވެލައާއި ކަހަނބުގެ ހުރިހައި ބާވަތްތަކެއް ތިމާވެށީގެ ޤާނޫނުގެދަށުން ހިމާޔަތްކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މީގެ 20 އަހަރު ކުރިން ފެށިގެން ވެލާ ކަހަނބުގެ ބާވަތްތައް ރާއްޖޭގައި ހިމާޔަތް ކުރެވެމުން އައިސްފައިވަނީ މަސްވެރިކަމާއިބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާ ވަކި މުއްދަތަކަށް ކަމަށެވެ. ނަމަވެސް މިހާރު ވެލާ އަދި ކަހަނބުގެ ބާވަތްތައް ހިމާޔަތްކޮށްފައިވަނީ ތިމާވެށީގެ ޤާނޫނުގެދަށުން ދާއިމީކޮށް ކަމަށެވެ.

އެގޮތުން 5 ބާވަތެއް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ ވެލާ، ކަހަނބު، ވާވޮށި ވެލާ، ބޯބޮޑު ވެލާ އަދި މުސިންބި އެވެ. މިބާވަތްތައް ހިފުމާއި އެއިގެ ބިސްނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބުގެ ބައިތަކުގެ ވިޔަފާރި ކުރުމާއި މިތަކެތި ޢާންކޮށް ދިރިއުޅޭ މާހައުލަށް ގެންލުން ލިބޭނެ ކަންކަން ކުރުމާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމާއި ހުއްދަ ނުނަގައި ދިރާސާތައް ކުރުމާއި ހުއްދަ ނުނަގައި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައކަތްކުރުން ވެސް މިޤާނޫނުގެދަށުން ވަނީ މަނާކޮށްފައެވެ.

ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އެމިނިސްޓްރީއަށް އަންގައި ރަޖިސްޓްރީ ކުރުމަށް ވެސް ޤާނޫނުގައިވެއެވެ.

މީގެ އިތުރުން ޢާންމުކޮށް ނުފެންނަ ވެލޭ ކަހަނބުގެ ބާވަތެއް ރާއްޖޭގެ ސަރަހައްދުން ފެނުނުނަމަ އެއެއްޗެއްވެސް ހިމެނޭނީ ހިމާޔަތްކުރެވިފައިވާ އެއްޗެއްގެ ގޮތުގައި ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ވެލާ އަދި ކަހަނބުގެ ބާވަތްތައް ވަރަށް ބޮދަށް މަދުވެފައިވަނިކޮށް ހިމާޔަތްކުރުމުން ވަރަށް ބޮޑަށް މިހާރު އިތުރުވެފައިވާކަންވެސް ފާހަގަކުރެއެވެ.

ހިމާޔަތް ކޮށްފައިވީނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ގެންދަނީ ވެލާ ކަހަނބު ހިފައި އެއިގެ މަސްކަމުންނެވެ. ދާދި ފަހުންވެސް ގިނަ އަދަދެއްގެ ވެލާ ފަޅައި ލ. އަތޮޅުގެ ފަޅުރަށެއްގައި ކާން ތިބި ބައަކު ވަނީ އަތުލައިގެންފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް