އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އާ އާސަންދަ އަދި އެންސްޕާ ގުޅިގެން ޞިއްޙީ ޚިދުމަތް ކުރިއަރުވަން މަސައްކަތްކުރަނީ

އެސްޓީއޯ އާ އާސަންދަ އަދި އެންސްޕާ ގުޅިގެން ޞިއްޙީ ޚިދުމަތް ކުރިއަރުވަން މަސައްކަތްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއި އާސަންދަ އަދި އެންސްޕާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގެ ފަހުދުނާމާގަ އާއި ހުޅުމާލޭ ހޮސްޕިޓަލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުދުނާމާގައިި ސޮއިކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރީ މިއަދު މެންދުރު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޖުތަބާ ޖަލީލު އެވެ. އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެދަށުން އައިޖީއެމްއެޗް އާއި އެއްފަދައިން އާސަންދައިގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލް މެނޭޖްކުރާ އިރު، އެތަނަށް ބޭނުންވާ އެކިއެކި ސާމާނު އެސްޓީއޯ އިން އެ ކުންފުންޏަށް ސަޕްލައިކޮށްދެއްވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެސްޓީއޯއަށް ކޮށްދެއްވެން ހުރި ހުރިހައި ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ޝަހީރު ވިދަޅުވީ މިހާރު ވެސް އެ 3 ކުންފުނިން މަސައްކަތް ކުރަނީ ގުޅިގެން ކަމަށާއި ނަމަވެސް މިހައިތަނަށް މަސައްކަތްކުރަމުން އައީ ރަސްމީ އެއްބަސްވުމެއް ނެތި ކަމަށެވެ.

އެސްޓީއޯ، އެންސްޕާ އަދި އާސަންދަ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އަށް ގެންނަ ބޭހުގެ އަގު އެއްވަރެއްގައި ހިފަހައްޓައި ބޭސް މެދުނުކެނޑި ބޭސްފިހާރަތަކަށް ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ ވިދާޅުވިއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަހްމަދު ޝަހީރު މިއަދު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކޮށް ވީހައި ލުއި ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަކަށްވުމުން ޞިއްހީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރަންޖެހޭ ކަންކަމަށް އެސްޓީއޯ އިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

އެސްޓީއޯ އިން މިހާރުވެސް ގެންދަނީ ރާއްޖޭގެ ހުރިހައި ރަށެއްގައި އާސަންދައިގެ ޚިދުމަތް ލިބޭ ފާމަސީތައް ހިންގަމުންނެވެ. އައިޖީއެމްއެޗަށާއި ހެލްތް މިނިސްޓްރީއަށް ބޭނުންވާ ހުރިހައި އެއްޗެއް ފޯރުކޮށްދެމުންނެވެ.

ޞިއްހީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅައުކުރައްވައި ޚިދުމަތް ދެއްވުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލް ހިންގުން ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އާސަންދަ ކުންފުންޏާއި ހަވާލުކުރައްވައިފައެވެ. އެހެންކަމުން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ހުލުމާލޭ ހޮސްޕިޓަލް ހިންގަމުންދަނީ އެކުންފުނިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް