އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ރާއްޖޭގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން އެސްއީ ލޯންޗްކޮށްފި

އުރީދޫ އިން ރާއްޖޭގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން އެސްއީ ލޯންޗްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ހަތަރު އިންޗީގެ ޑިސްޕްލޭ ހިމެނޭ ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ފޯނުކަމަށްވާ އެޕަލް އައިފޯން އެސްއީ އުރީދޫ އިން ދިވެހިރާއްޖޭގައި މިއަދު ލޯންޗުކޮށްފިއެވެ.

އުރީދޫ އިން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އައިފޯން އެސްއީގެ ޕްރީ އޯޑަރ ނަގަން ފަށާފައިވާއިރު، މިއަދު އުރީދޫ އެކްސްޕީރިއަންސް ސެންޓަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެންމެ ފުރަތަމަ ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް، އެބޭފުޅުންގެ އައިފޯން އެސްއީ ވަނީ ހަވާލުކޮށްފައެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާރކެޓަށް ތައާރަފްކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ ކުރިން ބައްލަވައިގަންނަން އަބަދުވެސް ޝައުގުވެރިވާ ބައެއްކަމަށެވެ. އެހެންކަމުން، ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް އުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ފަސޭހަ، އަގުހެޔޮ، އަދި ފްލެކްސިބަލް ޕެކޭޖްތަކެއް ތައާރަފްކޮށްދިނުމަކީ، އުރީދޫން ވަރަށް ބޮޑަށް އަހަމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.

ސައިޒުން ކުޑަ ނަމަވެސް،ނުހަނު ބާރުގަދަ އައިފޯން އެސްއީ، އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ބައްލަވައިގަތުމަށް އެހީތެރިވެދޭ ޚާއްޞަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފަރއެއްވަނީ ތައާރަފްކޮށްފައެވެ. މި އޮފަރ މެދުވެރިކޮށް ރާއްޖޭގެ މަރކެޓްގެ އެންމެ ހެޔޮއަގުތަކުގައި އައިފޯން އެސްއީ ބައްލަވައިގަނެވޭއިރު، އައިފޯން އެސްއީގެ 16 ޖީބީގެ ފޯން ލިބިވަޑައިގަންނަވާނީ އެންމެ 7،849 ރުފިޔާ އަށެވެ. ހަމައެއާއި އެކު، އައިފޯން އެސްއީގެ 64 ޖީބީގެ ފޯން ބައްލަވައިގަނެވޭނީ 9،699 ރުފިޔާ އަށެވެ.

އުރީދޫއިން އައިފޯން އެސްއީ ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް، 12 މަހަށް ބަހާލެވިފައިވާ ވަރަށް ފަސޭހަ އިންސްޓޯލްމަންޓް ޕެކޭޖެއްވެސް ވަނީ ތައާރަފްކޮށްފައެވެ. 1999.00 ރުފިޔާގެ ޑައުންޕޭމަންޓެއް ހިމެނޭ އިންސްޓޯލްމަންޓް ޕެކްތައް މެދުވެރިކޮށް، އައިފޯން އެސްއީގެ 16 ޖީބީގެ ފޯން މަހަކު 499 ރުފިޔާ އަށް ލިބިގެންދާއިރު، އެމޮޑެލްގެ 64 ޖީބީގެ ފޯނު ލިބޭނީ މަހަކު 649 ރުފިޔާ އަށެވެ.

ޕޯސްޓްޕެއިޑް 499، ފޯސްޓްޕެއިޑް 549، ޕޯސްޓްޕެއިޑް 749 އަދި ޕޯސްޓްޕެއިޑް 999 ޕެކޭޖްއާއި އެކު. އިންސްޓޯލްމަންޓް ޕްލޭންމެދުވެރިކޮށް، އައިފޯން އެސްއީ ބައްލަވައިގަންނަ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް، އަދި 10 ޖީބީ އާއި ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން، ވަރަށް ފުރިހަމަ އައިޑީޑީ އޮފަރތަކެއްވެސް ލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު