އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ސަރުކާރުގެ ތަފާތު މިހާރުވެސް ދަނީ ރައްޔިތުންނަށް ފެންނަމުން: މޫސާ ޒަމީރު

ދެ ސަރުކާރުގެ ތަފާތު މިހާރުވެސް ދަނީ ރައްޔިތުންނަށް ފެންނަމުން: މޫސާ ޒަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

އެމްޑީޕީގެ ސަރުކާރާއި މިހާރުގެ ސަރުކާރާއި ދެސަރުކާރުގެ ތަފާތު މިހާރުވެސް ދަނީ ރައްޔިތުންނަށް ފެންނަމުން ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

"ރައީސް ޔާމީން 2018" ކެމްޕޭނު މެނޭޖަރުން ތަމްރީނުކުރުމަށް ބ އަތޮޅުގައި ހިންގި މަހާސިންތާގެ ނިންމުން ފާހަގަކުރުމަށް ރޭ ބ. އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހުށަހަޅަމުން ގެންދިއަ ބަޖެޓުތަކަށް އިދިކޮޅު ފަރާތްތަކުން ވޯޓުދީ ބަޖެޓު ފާސްކޮށްދެމުން ގެންދިއަ ކަމަށެވެ. ނަމަވެސް 3 އަހަރުވީއިރުވެސް އެކަށީގެންވާ އަދަދަކަށް މަޝްރޫއުތަކެއް ހިންގާފައި ނެތް ކަމަށެވެ.

މޫސާ ޒަމީރު ވިދާޅުވީ މިސަރުކާރުގެ ފާއިތުވި 2 އަހަރުތެރޭގައި ރާއްޖޭގެ ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިނގައި ނިމިފައިވާ ކަމަށާއި އަދި މިހާރުވެސް ގިނަ އަދަދެއްގެ މަޝްރުއުތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. "ފުރަތަމަ ހިންގި މަޝްރޫއުތައް ނިމި މިހާރު ކޮންމެ ހަފްތާއަކު ،4 5 ދިމާއަކަށް ޓީމުތައް މި ޒިޔާރަތްކުރަނީ ދެން ބޭނުންވަނީ ކޮންކަމެއްކަން ބެލުމަށް."

މޫސާ ޒަމީރު ވިދާޅުވީ ބޮލަކަށް 15،000 ޔޫއެސް ޑޮލަރު ޖެއްސުމަށް މެނިފެސްޓޯގައި ލިޔެ މިހާރު މަސައްކަތް ކުރެވެމުން އަންނަނީ އެކަން ތަންފީޒުކުރުމަށް ކަމަށެވެ.

މޫސާ ޒަމީރު ވިދާޅުވީ ޅަފަތުގައި ކުދިން މަރުވާ އަދަދު މަދުކުރުމަށް 40 ވަރަކަށް އަހަރު ކުރި މަސައްކަތުން ކުރިއެރުންތަކެއް ލިބި ބައިނަލްއަޤްވާމީ ތަރުޙީބު ލިބުނު ކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ޞިއްޙީ ހަރުދަނާ ސިޔާސަތެއް ނެތުމުން ޅަފަތުގައި ކުދިން މަރުވާ ނިޞްބަތް ވަތިވެގެން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. "ނަމަވެސް މިވީ 2 އަހަރު ތެރޭގައި މިހާރުވެސް މިވަނީ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވާފަ. އާސަންދައާއިއެކު ޚިދުމަތް ދެމުން މިގެންދަނީ.

ރައީސް ޔާމީނަކީ މާލީ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި ބޭފުޅެއްކަން މޫސާ ޒަމީރު ވަނީ ފާހަގަ ކުރައްވައިފައެވެ. "އެސްޓީއޯގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެންނެވިއިރު އެސްޓީއޯގެ ފައިދާއަކީ އަހަރަކު 12 މިލިއަން ރުފިޔާ. އެއިގެ އަހަރުތަކެއްފަހުން ޗެއަރމަން ކަމުން ވަކިވެވަޑައިގެންނެވިއިރު ޓާގެޓެޑް ޕްރޮފިޓަކީ އަހަރަކު 200 މިލިއަނަށްވުރެ މަތީ އަދަދެއް. ސްޓެލްކޯ އާ ހަވާލުވެވަޑައިގެންނެވއިިރު މުވައްޒިފުންގެ މުސާރަވެސް ދެވެނީ ދައުލަތުގެ ބަޖެޓުން ފައިސާ ނަގައިގެން. ނަމަވެސް އެތަނަކީ އަހަރަކު ،50 60 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ސަރުކާރަށް ދައްކާ ތަނަކަށް ރައީސް ޔާމީން ބަދަލުކޮށްދެއްވި."

އެމްއެމްޕީއާރުސީން މިހާރު ރަށްތައް ދޫކުރަނީ މާލީ ވުޒަރާ އާއި އިކޮނޮމިކް މިނިސްޓްރީއާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީސް ފަދަ އިދާރާތައް ގުޅިގެން ކަމަށްވުމުން 2018 ވަނަ އަަހަރު އަންނައިރު ޤައުމުގެ އިޤްޠިޞާދު އޮންނާނީ ވަރަށް ބޮޑުތަން ކުރިއަރާފައި ކަމަށްވެސް މޫސާ ޒަމީރު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް