އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3.7 މިލިއަން މީހުން އުމުރާވުމަށް މަދީނާއަށް ގޮސްފައިވާއިރު އެންމެ ގިނައީ މިޞުރު މީހުން

3.7 މިލިއަން މީހުން އުމުރާވުމަށް މަދީނާއަށް ގޮސްފައިވާއިރު އެންމެ ގިނައީ މިޞުރު މީހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މިއަހަރުގެ މިހައިތަނަށް 3.7 މިލިއަން މީހުން އުމުރާވުމަށް މަދީނާއަށް ގޮސްފައިވާއިރު އެންމެ ގިނައީ މިޞުރު މީހުންނެވެ.

މަދީނާގައި ހުރި ޙައްޖު މިނިސްޓްރީގެ އޮފީހުން ބުނީ މިއަހަރަށް އުމުރާ މޫސުން ހުޅުވައިލި ފަހުން އެންމެ ގިނަ ބައަކު ޒިޔާރަތްކޮށްފައިވަނީ މިޞުރުން ކަމަށާއި އެއީ 23.68 އިންސައްތަ ކަމަށެވެ. ދެވަނަ އަށް ޕާކިސްތާން (16،86 އިންސައްތަ) ތިންވަނައަށް އިންޑޮނޭސިއާ (12:48 އިންސައްތަ) ކަމަށެވެ.

ޙައްޖު އޮފީހުން ބުނީ ވައިގެމަގުން 3،357،647 މީހުން، އެއްގަމު މަގުން 399،506 މީހުން އަދި ކަނޑުމަގުން 21،719 މީހުން އުމުރާވުމަށް ގޮސްފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހައިތަނަށް 30 ޤައުމަކުން އުމުރާވުމަށް މީހުން ގޮސްފައިވާ ކަމަށެވެ.

ހައްޖު އޮފީހުން ބުނީ 988 ގެއެއްގައި މަދީނާގައި އުމުރާވެރިން ތިބޭކަމަށެވެ. އެތަންތަން ބެލުމަށް މިހައިތަނަށް 356 ޒިޔާރަތްކޮށްފައިވާ ކަމަށާއި މައްސަލަ ޖެހުނު 162 ކަމެއް ރަނގަޅުކުރަން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

މަދީނާ ހައްޖު އޮފީހުގެ ޑިރެކްޓަރ މުޙައްމަދު އަލްނިޖާއީ ވިދާޅުވީ ތަފާތު މައްސަލަތައް ކުރިމަތިވެ މަދިނާއިން ނުފުރިފައި ތިބި 10،485 މީހަކަށް އެހީތެރިވެދީފައިވާ ކަމަށެވެ.

މުޙައްމަދު ވިދާޅުވީ ދީނުގެ ކަންކަމުގައި ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް މަސްޖިދުއްނަބަވީގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ބޭނުން 5.980 މީހުން ހިފާފައިވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް