އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުލްއަޤްޞާ މުސްލިމުންނަށް ގެއްލިދަނީ ކަމާއިމެދު ކަންބޮޑުވުން އިތުރުވަނީ

މަސްޖިދުލްއަޤްޞާ މުސްލިމުންނަށް ގެއްލިދަނީ ކަމާއިމެދު ކަންބޮޑުވުން އިތުރުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު



މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު މަސްޖިދުލްއަޤްޞާ މުސްލިމުންނަށް ގެއްލިދަނީ ކަމާއިމެދު ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.



މަސްޖިދުލްއަޤްޞާގައި ނަމާދުކުރުމަށާއި އަޅުކަން ކުރުމަށް ފަލަސްޠީނުގެ ޒުވާނުން ނުވައްދައި އިޒްރޭލް ސިފައިން ވައްދަން ބޭނުން ކޮންމެ ބައަކު ވައްދަމުން ގެންދިއުން ދިގުލައި ދަނީއެވެ.



މިކަމާއި ގުޅިގެން ގިނަ ބައަކު ބުނަނީ އިޒްރޭލުން އެކަން ކުރަމުން ގެންދަނީ މުސްލިމް ޒުވާނުންގެ ހިތްތަކުން މަސްޖިދުލްއަޤްޞާގެ މުހިންކަން ފޮހެލުމަށެވެ. މަސްޖިދުލްއަޤްޞާގެ މައްޗަށް އިޒްރޭލުން ވެރިވެގަތް ނަމަވެސް އަދި އެތަން ައްތައިލި ނަމަވެސް މުސްލިމް ޒުވާނުންގެ ކަންބޮޑުވުން އެކަމަށް ކުޑަކުރުވުމަށެވެ.



އދ މިއަދު ދައުވާކުރަމުން ގެންދަނީ އދ އަކީ ﷲ އާއި ކީރިތި ޤްރްއާނަށްވުރެ މަތީ ބާރެއް ކަމަށެވެ. އެކަމުގެ ހެއްކަކީ ކީރިތި ޤްރްއާނަށް އަމަލު ނުކުރުމަށާއި އދ ގެ ނިންމުން ތަކަށް އަމަލުކުރަން އދ އިން ބާރުއަޅައި އަމަރުކުރަމުން ގެންދާ ކަމެވެ.



ދީނީ މިނިވަންކަމަކީ އދ އިން ކަށަވަރުކޮށްދޭ ކަމެކެވެ. އެމީހަކު ބޭނުން ދީނަކަށް އަޅުކަންކޮށް އުޅުމުގެ ހައްޤު އދ އިން ކަށަވަރުކޮށްދެއެވެ. ނަމަވެސް ފަލަސްޠީނުގެ މުސްލިމް ޒުވާނުންނަށް އެ ހައްޤު ނުލިބި އހަރުތަކަށް ދިގުލައިދަނީއެވެ.



ކްރިސްޓިއަނުންނަށާއި ޔަހޫދީންނަށް އެމީހުން ބޭނުން ފައްޅިއަކަށް ވަދެވެއެވެ. ނަމަވެސް ފަލަސްޠީނުގެ މުސްލިމް ޒުވާނުންނަށް އެމީހުން އެންެމެ ބޮޑަށް ވަންނަން ބޭނުންވާ މަސްޖިދުލްއަޤްޞާއަކަށް ނުވަދެވެއެވެ. ނަމަވެސް ހުރިހައި ކަމެއް އެންމެ އިންސާފުން ކުރާ؟ އދ އަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް ނުވެއެވެ.



ރިޕޯޓްތައް ބުނާގޮތުން ބިމު އަޑިން ކޮނެ މަސްޖިދުލްއަޤްޞާ ވައްޓައިލުމަށް އިޒްރޭލުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ. އެހެންކަމުން މަސްޖިދުލްއަޤްޞާ ނެތިދިއުމުގެ ބިރު ދަނީ އިތުރުވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް