އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫގައި އައު ރެސްޓޯރެންޓެއް ހުޅުވައިފި

ހިތަދޫގައި އައު ރެސްޓޯރެންޓެއް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ސްރީލަންކާގެ ތަޖުރިބާކާރު ޝެފެއްގެ ރަހަމީރު ތަފާތު ކެއުންތަކާއެކު އައްޑޫސިޓީ ހިތަދޫގައި އިތުރު ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ކެފޭ މިމޯސާރގެ ނަމުގައި ހުޅުވި މިރެސްޓޯރެންޓު ހުންނަނީ ހިތަދޫ އެޅަދީދި މަގު (ބޮޑުމަގު) ގައި ހުންނަ މާސްޓަރ ވީޑިއޯކައިރީގައެވެ. ރެސްޓޯރެންޓް ހުޅުވީ ކުރިން ކޮމޮޑޯރޯ ހިންގި އިމާރާތުގައެވެ.

އެތަން ހިންގުމާ މިވަގުތު ހަވާލުވެ އިންނެވި ނަޝީދާ، އެ ރެސްޓޯރެންޓާ ބެހޭގޮތުން ވިދާޅުވީ އެހެން ރެސްޓޯރެންޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް އެތަނުންވެސް ލިބޭނެ ކަމަށެވެ. ރެސްޓޯރެންޓް ހިންގާނީ ކަސްޓަމަރުން ދެއްވާ ޚިޔާލަށްވެސް ރިއާޔަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.

ނަޝީދާ ވިދާޅުވީ އެ ރެސްޓޯރެންޓަކީ އިންޑޯއާއި އައުޓޯގައިވެސް ޚިދުމަތް ދޭ ތަނެއް ކަމަށެވެ. އައުޓޯއަކީ ދުވާލުގަޑީގައި ހޫނުން ސަލާމަތްވެފައިވާ ފިނިތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެތަނަށް މީހުން އަންނަންޖެހޭ އެއްސަބަބު ކަމަށް ނަޝީ ދެކެވަޑައި ގަންނަވައެވެ. ދެވަނަ ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ ކާތަކެތީގެ ރަހައާއި ފެންވަރެވެ. "މިތަނުގެ ކާތަކެތީގެ ރަހަ ރަނގަޅުވާނެ. މާހައުލު އަރާމުވާނެ،" އެތަނަށް އަންނަންޖެހޭ އެހެން ސަބަބު ހާމަކުރެއްވިއެވެ.

އެތަނުން 4 ވައްތަރެއްގެ ޕިއްޒާއި، ބާގަރއާއި، ސަބްމެރިން ލިބޭނެއެވެ. އޭގެ އިތުރަށް ތަފާތު ވައްތަރުގެ ޑިޝްވެސް ލިބޭނެއެވެ. "މިތަނަކީ ދުވާލުގަޑީގައިވެސް ހޫނުމަޑު ހިތްގައިމު މާހައުލެއް އޮންނަތަނެއް. މިތަނުގެ އަގުތައްވެސް ވަކި ބޮޑެއް ނުވާނެ. ރަހަމީރުވާނެ،" ނަޝީ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު