އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިޓަސް އޮޓޯމޯބައިލްސްގެ ވިޔަފާރި ޝަރީޢާ ހުއްދަ ވިޔަފާރިއަށް ބަދަލުކޮށްފި

ލިޓަސް އޮޓޯމޯބައިލްސްގެ ވިޔަފާރި ޝަރީޢާ ހުއްދަ ވިޔަފާރިއަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ލިޓަސް އޮޓޯމޯބައިލްސްގެ ވިޔަފާރިއަކީ ޝަރީޢާ ހުއްދަ، އިޖްރާ ތުމް ނަޤްލުލް މިލްކިއްޔާގެ އުޞޫލުން ކުރާ ވިޔަފާރިއަށް ބަދަލުކޮށްފިއެވެ. ލިޓަސް އޮޓޯމޯބައިލްސްއިން އެކުންފުނީގެ ވިޔަފާރިތަކަށް މި ބަދަލު ގެނައީ އެކަމަށްޓަކައި ރޭ ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ލިޓަސް އޮޓޯމޯބައިލްސް އިން ވަނީ މިބަދަލަށް ބޭނުންވާ މިނިވަން ޝަރީޢާ ކޮމިޓީ އުފައްދައިފައެވެ. އެބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޢާއިޝަތު މުނީޒާ (ޗެއަރޕަރސަން) އައްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ، އަދި މަރިޔަމް ޝަބާނާ އެވެ. އެހެންކަމުން އެކުންފުނީގެ ވިޔަފާރިތައް ދެން ކުރިއަށް ގެންދާނީ "އިސްލާމީ ފިނޭންސް ޕްރޮޑަކްޓެއް"ގެ ގޮތުގައެވެ.

މިރަސްމިއްޔާތަށްފަހު ލިޓަސް އޮޓޯމޯބައިލްސްގެ މެނޭޖިންގ ޑިރެކްޓަރ ޒާހިދު ވިދާޅުވީ އެކުންފުނީގެ ވިޔަފާރި އިސްލާމީ ފިނޭންސްގެ ދާއިރާއިން އިތުރަށް ފުޅައު ކުރައްވާނެ ކަމަށާއި އިތުރު ވިޔަފާރިތައް އެދާއިރާއިން ތަޢާރަފްކުރައްވާނެ ކަމަށެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު އެވެ. އިސްލާމީ ފިނޭންސް ރާއްޖޭގައި ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ މާލީ ވުޒާރާގެ ނައިބް ޑރ. ޢާއިޝަތު މުނީޒާ އާއި އިސްލާމިކް ފިނޭންސްގެ ދާއިރާއިން ޚިދުމަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޓަސް އޮޓޯ މޯބައިލްސް އަކީ ޝަރީޢާގެ އުޞޫލުތަކާއިއެއްގޮތަށް އޮޓޯ މޯބައިލްސްގެ ވިޔަފާރިކުރަން ރާއްޖޭގައި ފެށި 2 ވަނަ އަމިއްލަ ކުންފުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް