އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ދީނެއް ނެތް؛ ޝައިޚް ސަލްމާން އަލްއޮއަދާ

އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ދީނެއް ނެތް؛ ޝައިޚް ސަލްމާން އަލްއޮއަދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ އެއްވެސް ދީނެއް ނެތް ކަމަށް އެންމެ ނުފޫޒުގަދަ ދީނީ އިލްމުވެރިންގެ ކުރީ ސަފުގައި ހުންނެވި އައްޝައިޚް ސަލްމާން އަލްއުޢަދާ ވިދާޅުވެއްޖެއެވެ.

ޝައިޚް ސަލްމާން ވިދާޅުވީ ޔަހޫދީންގެ ދީނާއި އަދި ކްރިސްޓިއަނުންގެ ދީންކަމަށް އެމީހުން ބުނާ ދީނުގައިވެސް އެއްޖިންސުންގުޅުން ހިންގުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. އެކަން އެމީޯހުން މިހާރު ގެންގުޅޭ ފޮތްތަކުންވެސް އެނގެން އެބަހުރި ކަމަށެވެ.

ޝައިޚް ސަލްމާން ވިދާޅުވީ ކީރިތި ޤްރްއާނުގައި ﷲ އެކަމެއް ޙަރަމާމް ކުރައްވަވާފައިވާ އެއްވެސް ކަމަކީ އެހެން ހުރިހައި ދީންތަކުގައިވެސް މަނާކުރެވިފައިވާ ކަންކަން ކަމަށެވެ. ނަމަވެސް މީސްތަކުން އެކަންކަމަށް ފަރުވާ ނުބަހައްޓައި އެމީހަކު ކުރަން ބޭނުންކަމެއް ކުރަމުން ގެންދަނީ ކަމަށެވެ.

ޝައިޚް ސަލްމާން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތަކާއި އެކަންކަމުގެ ވާހަކަތައް ދެއްކުމަކީވެސް މުޅި އިންސާނިއްޔަތުު އެކަންކަމަށް ލަދުވެތިވާންޖެހޭ ފަދަ ދަށުދަރަޖައިގެ ކަންކަން ކަމަށެވެ. އަދި އެއީ މިދުނިޔޭގައިވެސް އަދަބުދީ ފަޟީޙަތްކުރަންޖެހޭނެ ކުށެއް ކަމަށެވެ.

ޝައިޚް ސަލްމާން މިމޭރުމުން ވިދާޅުވެފައިވަނީ އެއްޖިންސުން ގުޅުން ހިންގުން އިސްލާމް ދީނުގައި ހުއްދަ ނުކުރާ މައްސަލައާއި ގުޅުވައިގެން ޔޫރަޕުގެ ބައެއް ނޫސްތަކުން ދަންނަވާފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް