އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާ ނަމާދު ނުކުރާތީ ކައިވެނި ރޫޅައިލުމުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ

ފިރިމީހާ ނަމާދު ނުކުރާތީ ކައިވެނި ރޫޅައިލުމުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ފިރިމީހާ 5 ވަގުތު ނަމާދު ނުކުރާތީ ކައިވެނި ރޫޅާލުމުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.

ސަޢުދީ އަންހެނަކު ބުނީ ފަރުޟު 5 ނަމާދު ނުކުރާ މީހަކާއި ކައިވެނިކޮށްގެން އުޅުމަކީ ﷲ ހުއްދަ ކުރައްވަވާ ކަމެއް ނޫންކަމަށްވާއިރު ނަމާދު ނުކުރާ މީހަކާއި ކައިވެނިކޮށްގެން އުޅެން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ކައިވެނިކުރީ ފިރިމީހާގެ ރީތި ކަމަށާއި މުއްސަނދިކަމަށް ބަލައި އެކަންކަމުގެ ދަހިވަތިކަމުގައި ނޫން ކަމަށެވެ.

"އަހަރެން ބޭނުންވަނީ ﷲ އަންގަވާފައިވާ ފަދައިން ދިރިއުޅެވޭނެ ހަޔާތެއް. ﷲއަށް ބިރުވެތިވާ ފިރިއެއް. ﷲއަށް ބިރުވެތިވާ މީހުން ﷲގެ އަމުރުފުޅުތަކަށް ބޯލަނބާނެ. ދީނުގެ ރުކުންތައް އަދާކުރާނެ."

ކައިވެނި ރޫޅައިލުމަށް ކޯޓަށް ހުށަހެޅުމުން ގިނަ ބައަކު ވަނީ ސޯޝަލް މީޑިއާތަކުގައި އެކަމަށް ފާޑުކިޔައިފައެވެ. ގިނަ ބައަކު ބުނެފައިވަނީ ނަމާދު ނުކުރާ މީހުންނަކީ ﷲއަށް ތެދުވެރިން، އިޚްލާޞްތެރިން ނޫން ކަމަށާއި ﷲއަށް ބިރުވެތިވެ ތެދުވެރިނުވާ މީހަކު އަނބިމީހާއަށް ނުވަތަ އެހެންމީހަކަށް ތެދުވެރިވެ، އިޚްލާޞްތެރި ނުވާނެ ކަމަށެވެ.

"އިސްލާމް ދީނުގައި ނަމާދުކުރުމުގެ ހުކުމް ވަރަށް ސާފު. އެހެންވީމާ ނަމާދު ނުކުރާނަމަ އެމީހަކާ އެއްވެސް ގުޅުމެއް ނުބޭއްވުން އެންމެ ރަނގަޅުގޮތަކީ." ގިނަބައަކު ބުނެފައިވެއެވެ.

އޭނާގެ ނިންމުމަށް ފާޑުކިޔާފައިވާ ބައެއް މީހުން ބުނެފައިވަނީ ކައިވެނި ރޫޅާލުމުގެ ކުރިން އިތުރަށް ވިސްނައިލިނަމަ ރަނގަޅުވާނެ ކަމަށެވެ. އެފަދަ މީހުންނަށް ރައްދުދެމުން އޭނާ ބުނެފައިވަނީ އޭނާ ވިސްނި ކަމަށާއި ފިރިމީހާއަށް ވަރަށް ބޮޑަށް ނަޞޭޙަތްވެސް ދިން ކަމަށެވެ.

އޭނާ ބުނީ ނަމާދު ނުކުރާ ފިރިއަކާއިއެކު ދިރިއުޅެން މަސައްކަތްކޮށްގެން ލިބޭނެ ހަޤީޤީ ހިތްހަމަޖެހުމެއް ނުއޮންނާނެ ކަމަށާއި ނަމާދު ނުކުރާ ފިރިންނާއިއެކު ދިރިއުޅެން ަމަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އެހެންކަމުން ނަމާދު ނުކުރާ ފިރިންގެ ކިބައިން ދުރުވުމަށްވެސް އޭނާ ވަނީ ގޮވާލައިފައެވެ.

އެނާގެ އުޒުރަކީ މުހިންމު އުޒުރަކަށްވާތީ ކައިވެނި ރޫޅައިލުމަށް އެދުނުތާ 5 ދުވަހުގެތެރޭގައި ކޯޓުން ވަނީ ކައިވެނި ރޫޅާލައިދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް