އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރުވިއްކުމަށް ބީއެމްއެލް ބާޒާރު ބްރާންޗް ޚާއްޞަކޮށްފި

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރުވިއްކުމަށް ބީއެމްއެލް ބާޒާރު ބްރާންޗް ޚާއްޞަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ވިއްކަމުން އަންނަ ޑޮލަރު އެއް ތަނަކުން ގަންނަން ލިބޭ ގޮތް ހަމަޖައްސައިފިއެވެ. މި ގޮތުން މާލޭ ސިޓީ ގައި ޑޮލަރު ވިއްކުމަށް ހަމަޖައްސައިފައިވަނީ ބާޒާރު ބްރާންޗުންނެވެ.

ބީއެމްއެލް އިން ބުނީ މިމަހުގެ 8 ވާ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށްދާ ފަރާތްތްތަކަށް ބީއެމްއެލްގެ ބާޒާރު ބްރާންޗްގައި ހާއްސަ ކައުންޓަރު ތަކުން ޑޮލަރު ވިއްކަމުންދާނެ ކަމަށާއި މިގޮތުން ކޮންމެ ކަސްޓަމަރަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 500 ޑޮލަރު ކަމަށެވެ.

ޑޮލަރު ގަންނަން އަންނައިރު ޕާސްޕޯޓާއި ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ ޓިކެޓް ހުށަހަޅަން ޖެހޭނެއެވެ. ޑޮލަރު ވިއްކަމުންދާނީ ބޭންކުގެ ޚިދުމަތް ދޭ ގަޑިތަކުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްނެންގެވުމެއްގެ ދަށުން ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް އެންމެ ފުރަތަމަ ޑޮލަރު ވިއްކަން ފަށާފައިވާ ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ބީއެމްއެލް އަކީ މި ޚިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ބޭންކު ކަމަށްވާއިރު މަހަކު ދިހަ ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް ބޭންކުން އަންނަނީ މި ޚިދުމަތް ދެމުންނެވެ.

ބޭންކުން ބުނީ މި ބަދަލު ގެނައީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށާއި ބޭންކުން ޑޮލަރު ވިއްކަމުން އަންނަ ގޮތް ބެލުމަށްފަހު، ބޭންކުން ނިންމީ ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަކަމާއެކު މި ޚިދުމަތް ދިނުމުގެ ގޮތުން ވަކި ޚާއްސަ ޓީމެއް އެއް ބްރާންޗެއްގައި ގާއިމްކޮށް މި ޚިދުމަތް ދިނުމަށް ކަމަށެވެ.

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ވިއްކާ ޑޮލަރު ފިޔަވައި އެހެން ބޭނުންތަކަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ބޭންކުގެ އެހެން ބްރާންޗްތަކުން ލިބެމުންދާނެއެވެ.

މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވ ބީއެމްއެލް އިން ދެކޭގޮތުގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކުމަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި މިހާރު މި ޚިދުމަތް ދެމުން އަންނަގޮތަށް ވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެ ގޮތެއް ބެލުމަށްފަހު ބޭންކުން ނިންމީ އެއް ބްރާންޗަކުން ޑޮލަރު ވިއްކުމަށް ކމަށާއި މިކަމުގެ ސަބަބުން މާލޭގައި ހުރި ބްރާންޗްތަކުން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ޖުމްލަގޮތެއްގައި ރަނގަޅުވެގެންދާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް