އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ މޮބައިލް މަނީ މެދުވެރިކޮށް ސްޓެލްކޯގެ ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމުގަ ސޮއިކޮށްފި

އުރީދޫގެ މޮބައިލް މަނީ މެދުވެރިކޮށް ސްޓެލްކޯގެ ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމުގަ ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އުރީދޫގެ މޮބައިލް މަނީގެ ޚިދުމަތް މެދުވެރިކޮށް ފަސޭހަކަމާއިއެކު ސްޓެލްކޯގެ ބިލް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، މިއަދު އުރީދޫ އާއި ސްޓެލްކޯ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިޚިދުމަތް ވުޖޫދަށް އައުމާއިއެކު، ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް، މޮބައިލް މަނީ މެދުވެރިކޮށް ސްޓެލްކޯގެ ބިލްތަކަށް ފައިސާދެއްކޭނެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރ
އަބްދުއްޝުކޫރު ސޯލިހް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.

މިރަސްމިއް2ޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އިންސާނުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަޤްސަދާއި އެކު، އުރީދޫއިން މަސައްކަތް ކުރަމުންދަނީ އާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ބުރަތަކަށް ފަސޭހަ ހައްލުތަކެއް ހޯދައިދިނުމަށް ކަމަށާއި މިގޮތުން، އުރީދޫގެ މޮބައިލް މަނީ ޚިދުމަތުގެ ކޮމާޝަލް ލޯންޗް އަށް ތައްޔާރުވަމުންދާ ހިނދު، މޮބައިލް މަނީ މެދުވެރިކޮށް ލިބޭ ފައިދާތަކުގެ ތެރޭގައި، ރައްޔިތުންނަށް ފަސޭހަކުރާނެ މިފަދަ ޚިދުމަތެއް ހިމެނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ވިކްރަމަ ސިންހަ ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް އެންމެ ޒަމާނީ ޓެކޗނޮލޮޖީއަށް އެދިއެދި ތިބޭ ބައެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަންވެސް ތައްޔާރަށް ތިބޭ ބައެއްކަމަށެވެ. "ރާއްޖޭގައި ސްމާޓް ފޯން ގެންގުޅޭ މީހުން ނިޞްބަތަކީ 60 އިންސައްތަ. މިސަރަހައްދުގަ 25 އިންސައްތަ. އެފރިކާއަށް ބަލަިފިނަމަ 12 އިންސައްތަ."

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރ، އަބުދުއް ޝަކޫރު ސޯލިހް ވިދާޅުވީ އުރީދޫން މި ތައާރަފްކުރާ ޚިދުމަތުގެ ސަބަބުން ކޮންމެވަގުތެއްގައި އަދި ކޮންމެހިސާބެއްގައި ހުރެގެންވެސް، މޯބައިލްފޯން މެދުވެރިކޮށް ބިލްދެއްކުމުގެ އަވަސް އަދި ފަސޭހަ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގައި ޔަގީން ކުރައްވާ ކަމަށެވެ. އަދި މިފަދަ ފަސޭހަ ޚިދުމަތެއް ދެވޭނެމަގު ފަހިކޮށްދިނުމުގައި އުރީދޫން ނެންގެވި އިސްނެންގެވުމަށްޓަކައި މި ފުރުޞަތުގައި އުރީދޫގެ މެނޭޖްމަންޓަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝުކޫރު ވިދާޅުވީ މާލޭގައި އެކަނިވެސް ސްޓެލްކޯގެ 37000 އަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބި ކަމަށާއި އެއެންމެންގެ އިތުރުން ރަށްރަށުގެ ކަސްޓަމަރުންނަށްވެސް މިކަމުގެ ލުއިފަސޭހަކަން ލިބި ފައިދާކުރާނެ ކަމަށެވެ.

ރާއްޖޭއަށް މުޅިންއައު ޚިދުމަތެއްކަމަށްވާ މޮބައިލް މަނީ ތައާރަފްކޮށް، މިއަހަރު ޕައިލޮޓްސްޓޭޖް ފަށާފައިވާއިރު، އުރީދޫގެ އަމާޒަކީ މޮބައިލް މަނީގެ ޚިދުމަތާއިއެކު ކަސްޓަމަރުންނަށް އިތުރުފަސޭހަކަމާއި، ރައްކާތެރިކަމާއިއެކު ފައިސާގެ މުއާމަލާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ މޮބައިލް މަނީ ޚިދުމަތުގައި ހިމެނޭ ވަރޗުއަލް ވޮލެޓް ކަމަށް ވާ "އެމް ވޮލެޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯންބޭނުންކުރައްވައިގެން ފައިސާ ޖަމާކުރައްވާ، ފައިސާ ނަންގަވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ވިޔަފާރި ކުރެއްވުމުގެ އިތުރުން ބިލްވެސް ދެއްކެވޭނެއެވެ.

އުރީދޫ މޮބައިލް މަނީގެ ޕައިލޮޓް ސްޓޭޖްގައި މިޚިދުމަތް ލިބިގެންދިއައީކ ަނޑައެޅިފައިވާ ވަކިއަދަދެއްގެ ކަސްޓަމަރުންނަށް ކަމަށްވީނަމަވެސް މިޚިދުމަތުގެ ކޮމާޝަލް ލޯންޗް އާއި އެކު، ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް މިޚިދުމަތްބޭނުން ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް