އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޮޕް އެޗީވާރސް އެވޯޑްގެ އެކްސްކްލޫސިވް ސްޕޮންސަރުކަން ދިރާގަށް

ޓޮޕް އެޗީވާރސް އެވޯޑްގެ އެކްސްކްލޫސިވް ސްޕޮންސަރުކަން ދިރާގަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އޭލެވެލް އިމްތިހާނުގެ ގަދަ 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ 'ނެޝަނަލް ހައި އެޗީވާރސް އެވޯޑް' ގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ދިރާގު ހެޑްއޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ. މިރަސްމިއްޔާތުގައި 'ނެޝަނަލް ހައި އެޗީވާރސް އެވޯޑް'ގެ އެކްސްކްލޫސިވް ސްޕޮންސަރ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ މުއްދަތަށް ދިރާގަށް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ސީއީއޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދާއި، ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް، އިސްމާއިލް އިބްރާހިމެވެ.

ދިރާގުން މައުލޫމާތު ދެއްވާ ގޮތުގައި މި އެވޯޑް ހަފްލާގައި ދިރާގު ބައިވެރިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ތައުލީމާއި ޒުވާނުންގެ ކުރިއެރުމަށް ދިރާގުން ދޭ އަހަންމިއްޔަތުކަމެވެ. މިފަދަ ހަރަކާތްތަކުގައި ދިރާގުގެ ބައިވެރިވުން ކުރިއަށް އޮތްތަނުގައިވެސް އިތުރު ކުރުމަކީ ދިރާގުގެ އަމާޒެއްކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ހަމަ އެހެންމެ ތައުލީމީ ދާއިރާއާއި، ޒުވާނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިންވެސް ބޮޑު ސަމާލުކަމެއް ދޭ ދެ ދާއިރާއަށް ވާއިރު، ޒުވާނުން އެކުދިންގެ މަތީ ތައުލީމާއި ވަޒީފާގެ މައިދާނަށް ނުކުމެގެންދިއުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބޮޑު ހަފްލާއެއްގައި ބައިވެރިވެ، އެކުދިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވެސް ދިރާގުން ފާހަގަކުރެއެވެ.

ފާއިތުވި އަހަރު އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 2120 ދަރިވަރަކު ބައިވެރިވެފައިވާއިރު 228 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ. މީގެ ތެރެއިން 28 ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދި ދަރިވަރުންނެވެ. ހަމައެޔާއިއެކު ރާއްޖޭގެ 11 ދަރިވަރަކު ވަނީ 3 މާއްދާއަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހާސިލްކޮށްފައެވެ.

މިހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ 29 މެއި 2016 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް