އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން އެންމެ ހެޔޮއަގުގައި އިރުތު އެލަވަންސް ލިބޭ ވަރަށް ފުރިހަމަ 3 ޕޯސްޓްޕެއިޑް ޕެކޭޖު ތައާރަފްކޮށްފި

ދިރާގުން އެންމެ ހެޔޮއަގުގައި އިރުތު އެލަވަންސް ލިބޭ ވަރަށް ފުރިހަމަ 3 ޕޯސްޓްޕެއިޑް ޕެކޭޖު ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތަށް، ހެޔޮ އަގުތަކަކާއިއެކު މުޅިން އާ 3 ޕެކޭޖެއް ތައާރަފްކޮށްފިއެވެ. އެގޮތުން ދިރާގުން ތައާރަފް ކޮށްފައިވާ 3 ޕެކޭޖަކީ ސްމާޓް 299، ސްމާޓް 499، އަދި ސްމާޓް 899 އެވެ
ދިރާގުން އަލަށް ތަޢާރަފް ކުރި ސްމާޓް 899 ޕެކޭޖުގައި ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް ހިލޭ 5000 މިނެޓާއި، ދިރާގު ނަންބަރުތަކަށް 3000 އެސްއެމްއެސް ހިލޭ ކުރެއްވޭނެއެވެ. އަދި ހިލޭ ޑާޓާގެ ގޮތުގައި 6.5 ޖީބީ ލިބިވަޑައިގަންނަވާނެ އެވެ.

މިއީ ބޮޑު ޑޭޓާ ޕްލޭނަކާއި ގިނަ ވޮއިސްކޯލު ބޭނުންފުޅުވާ ފަރާތްތަކަށް ކަމުދާނެ ޕެކޭޖެކެވެ. އަދި މިޕެކޭޖުން ލިބިގެންދާ ހިދުމަތްތަކަށް މިވަގުތު ރާއްޖޭގައި ލިބިގެން ދާނެ އެންމެ ހެޔޮ އަގުވެސްމެއެވެ.

ސްމާޓް 499 ގެ ޕެކޭޖުގައި ހުރިހާ ނެޓްވޯކްތަކަށް ގުޅުމަށް 2500 މިނިޓުގެ އިތުރުން ދިރާގު ނަންބަރުތަކަށް 1000 އެސްއެމްއެސް ހިލޭ ކުރެއްވޭނެއެވެ. އަދި 2 ޖީބީ ހިލޭ ޑާޓާ ލިބިވަޑައިގަންނަވާނެއެވެ.

ސްމާޓް 299 ގެ ޕެކޭޖާއިއެކު 1500 މިނެޓާއި، 500 އެސްއެމްއެސް އާއި 1 ޖީބީގެ ޑާޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މިޕެކޭޖު ނަންގަވައިބޭފުޅުންނަށް ހިލޭ ގުޅޭނެ 3 ނަންބަރެއް އިހުތިޔާރުކުރުމުގެ ފުރުސަތުވެސް ހުޅުވިގެން ދާނެއެވެ. އެސް.އެމް.އެސް އެއް މެދުވެރިކޮށް ހިލޭ ކުރައްވަން ބޭނުންފުޅުވާ ނަންބަރެއް އެކްޓިވޭޓު ކުރެއްވޭނެއެވެ. އެގޮތުން މިޕެކޭޖު ބޭފުޅުންނަށް މުޅިމަސްދުވަހަށް އެންމެ 29ރުފިޔާއަށް އަށް ނަންބަރު އެޑްކުރެވޭނެއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތަށް އިތުރު ކުރެވިގެން މިދިއަ ޕެކޭޖްތަކުގައި ހިލޭ ގުޅޭ 3 ނަންބަރެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރެއިން ސްމާޓް 299 ފިޔަވައި އެހެނިހެން ޕެކޭޖްތަކަށް މަހު ފީ ގެ ގޮތުގައި އިތުރު ޗާޖެއް ނެތި މި ހިދުމަތް ލިބިގަނެވޭނެއެވެ. ހަމަ އެޔާއިއެކު މިއިން ކޮންމެ ޕެކޭޖަކާއި އެކު އެބޭފުޅަކު ބޭނުންފުޅުވާ ކޮންމެވެސް އެއް ޤައުމަކަށް، އައިޑީޑީ ގެ %40 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މި ޕެކޭޖުތަކާއި އެކު ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތް ވަނީ އެންމެ ގިނަ އެލަވަންސްތަކާއި އެކު އެންމެ ހެޔޮ އަގުގައި ރާއްޖެއިން ލިބެން ހުރި ޕޯސްޓްޕެއިޑްގެ ހިދުމަތަށް ވެގެންގޮސްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު