އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވް ގޭހުގެ އަގު ހެޔޮކުރަނީ

މޯލްޑިވް ގޭހުގެ އަގު ހެޔޮކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އެސްޓީއޯގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ވިއްކާ ގޭހުގެ އަގު އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިތުރަށް ހެޔޮކުރާނެކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އާއިއެކު ޝެލް ކުންފުނިން ވެފައިވާ އެއްބަސްވުމުގެދަށުން އެސްޓީއޯއަށް ލިބޭ ގޭހުގެ އަގު މިހާރު ހެޔޮވެފައިވާތީ މީގެ ކުރިންވެސް ގޭހުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

ޝަހީރު ވިދާޅުވީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކައްކާ ގޭސް އިތުރަށް އަގުހެޔޮކުރާނެ ކަމަށާއި އަގަށް އަންނަ ބަދަލުތައް ހާމަކުރާނީ މޯލްޑިވް ގޭހުން ކަމަށެވެ.

ޝަހީރު ވިދާޅުވީ ކ.ފުނަދޫގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ތެޔޮ ރައްކާކުރާނެ އިތުރު ތަންތަން ހަދަން ހަަމަޖަހިފައިވާ ކަމަށާއި އެތަންތަން ހަދައި ނިމި އެތަންތަނުގައި ޚިދުމަތް ދޭން ފެށުމުން ތެޔޮ ލިބުން ފަސޭހަވެ އިތުރަށް އަގުހެޔޮ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ދެކުނުގައި ތެޔޮ ރައްކާކުރާތަން ހަދާނީ ގދ، ތިނަދޫގައިކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.
"ކޮންމެވެސް އެއް ސަރަހައްދެއްގައި އިރާދަ ކުރެއްވިއްޔާ މިއަހަރުތެރޭގައި ސްޓޯރޭޖެއް ޤާއިމުކުރެވޭނެ. މިހާރު ވަނީ ބިމަށް އެދިފަ. ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން."

ޝަހީރު ވިދާޅުވީ އެސްޓީއޯއިން ކުރާ އެންމެ ބޮޑު ވިޔަފާރިއަކީ ތެލުގެ ވިޔަފާރިކަމަށްވުމުން ފުނަދޫގެ ކެޕޭސިޓީ ބޮޑުކުރުމަށް ކުރާ މަސައްކަތަކީ އެންމެ ބޮޑަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތް ކަމަށެވެ. އެދި އެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައިވާ ކަމަށާއި މިއަަހަރުގެ ނޮޔަލަށް މަސައްކަތް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނިމުމުން މިހާރު ރައްކާ ކުރެވޭ 24،000 ޓަނުގެ ބަދަލުގައި 41،000 ޓަނު ރައްކާ ކުރެވޭނެ ކަަމަށެވެ.

ޝަހީރު ވިދާޅުވީ ރާއްޖެއަށް ތެޔޮ ގެނައުމަށްޓަކައި އެންމެ ކުޑަމިނުން 26،000 ޓަނު އުފުލޭ ޓޭންކަރެއް ކުރިއަށް އޮތް 3 މަސް ދުވަސްތެރޭގައި އެސްޓީއޯއަށް ގަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުތަކަށް ތެޔޮ އުފުލުމަށްޓަކައި 3 ބާޖެއް ބަންނަމުންދާ ކަމަށާއި އެއިގެ ތެރެއިން 1 ބާޖް މިހާރު ބާލާފައިވާ ކަމަށެވެ. އަނެއް ދެބާޖް މަހެއްހައި ދުވަހުގެ ތެރޭގައި ބާލައި އޮޕަރޭޝަނަށް ނެރެވޭނެ ކަމަށެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ ޝެޑްގެ މަސައްކަތްވެސް މިއަަހރުގެ ނިޔަލަށް ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް