އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައި ޙިއްޞާ އަކަށް 32 ރުފިޔާ ބަހަން ނިންމައިފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައި ޙިއްޞާ އަކަށް 32 ރުފިޔާ ބަހަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައި ހިއްޞާއަކަށް 32 ރުފިޔާ ބަހަން ނިންމައިފިއެވެ. މިކަމަށް ފާސްކުރީ ބައިވެރިވި ޙިއްޞާދާރުންގެތެރެއިން 89 އިންސައްތަ ޙިއްޞާދާރުންގެ ވޯޓާއިއެކުއެވެ.

މިއީ 2014 ވަނަ އަހަރު އެކުންފުނިން ކޮންމެ ޙިއްޞާއަކަށް ޙިއްޞާއެއް ހިލޭ ބެހުމުގެ ކުރިން ހުރި ހިއްޞާގެ އަދަދުން ބަލައިފިނަމަ ޙިއްޞާއަކަށް 64 ރުފިޔާއެވެ.

2015 ވަނަ އަހަރަކީ ވަރަށް ގިނަ ގޮތް ގޮތުން އެމްޓީސީސީގެ މުޅި ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރެވެ. 2014 ވަނަ އަހަރުގެ ސާފު ފައިދާއަކީ 99 މިލިއަން ނަމަވެސް 2015 ވަނަ އަހަރުގެ ސާފު ފައިދާއަކީ 156 މިލިއަނެވެ.

ހުރިހައި ޚަރަދުތަކަށްފަހު ޙިއްޞާއެއްގެ އަގު ވަނީ 44.37 އިންސައްތަ އުފުލިފައިކަމަށްވުމަކީ ވެސް ކުންފުނިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އެމްޓީސީސީ އަށް ރިޒޯޓު ތަރައްޤީކުރުމަށް ދިން ވ. ފޮއްތެޔޮ ސަރުކާރަށް ނެގުމަށްފަހު ބަދަލުގައި ރަށެއް އަދިވެސް ނުދޭ ކަމާއި އިކްއިޝަން ކޮސްޓްގެ ތެރެއިން ދިނުމަށް އެއްބަސްވެފައިވާ 4 މިލިއަން ޑޮލަރުގެ ތެރެއިން 3 މިލިއަން ޑޮލަރު އަދިވެސް ނުލިބޭކަން ހޮޓެލް ޖެންގައި ބޭއްވި މިރޭގެ ޖަލްށާގައި ވަނީ ފާސްކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް