އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ހިއްޞާދާރުންނަށް ދައުވަތުދީފި

އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ހިއްޞާދާރުންނަށް ދައުވަތުދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ޖޫން 04 ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ ހޯލްގައި ބާއްވަން ހަމަޖެހިފައިވާ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވައިފިއެވެ.

2015 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ހާޟިރުވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން އަދި ޕްރޮކްސީ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ޙިއްޞާދާރުން 2016 ޖޫން 03 ވާ ހުކުރު ދުވަހުގެ ރޭ 09:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުމަށް އެކުންފުނިން އެދެއެވެ.

ރަޖިސްޓްރީކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ހަވީރު 04:00 އަށް އެސްޓީއޯ ހެޑް އޮފީހުގައެވެ. ޖަލްސާއަށް ހާޟިރުވާން އެދޭ ޙިއްޞާދާރުން ރަޖިސްޓްރީކުރެއްވުމަށް ވަޑައިގަންނަވަންވާނީ އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެންނެވެ. އަދި ޕްރޮކްސީ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޕްރޮކްސީ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރައްވަންވާނެއެވެ.

ކުރުނބާ މޯލްޑިވްސްއަށް ދިއުމަށްޓަކައި ޓްރާންސްފަރ ހަމަޖެހިފައި އޮންނާނީ 5 ނަންބަރު ފާލަމުން، 2016 ޖޫން 04 ވާ ދުވަހުގެ ރޭ 0730 އިން އެރޭގެ 0815 އަށެވެ.

ރަޖިސްޓްރީކުރެއްވުމާއި ވޯޓުދެއްވުމާބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާއަށް ޕްރޮކްސީ ޢައްޔަންކުރުމާއި ބަލައިގަތުން، ރަޖިސްޓްރީކުރުމާއި ޑީރަޖިސްޓްރީކުރުން، ޙާޟިރީ މާކުކުރުން އަދި ވޯޓު ދިނުމާއި ވޯޓު ގުނުމާބެހޭ ޤަވާޢިދު" ގައި ވަނީ ބަޔާންކޮށްފަ އެވެ.

2015 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ އިސްވެ ބަޔާންކޮށްފައިވާގޮތަށް ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް