އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްޢަޞްރު އިން ނަމާދާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަނީ

އަލްޢަޞްރު އިން ނަމާދާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

އަލްޢަޞްރު އިން ނަމާދާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެޖަމާއަތުން ބުނީ "ލޯތަކުގެ ފިނިކަން" މިނަމުގައި މިމަހުގެ 27 އަދި 28 ވަނަ ދުވަހު ނަމާދާއިބެހޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ ރަމަޟާންމަހުގެ ކުރިން ނަމާދުކުރުމާއިބެހޭގޮތުން ވީހައި ގިނަ މައުލޫމާތު ދިނުމާއިއެކު ފުރިހަމައަށް ނަމާދުކުރަން ދަސްކޮށްދިނުން ކަމަށެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 27 ވާ ހުކުރު ދުވަހު ހަވީރު 4:15 އިން 6:15 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. 28 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދާނީ ހެނދުނު 9:30 އިން 12:00 އަށް ހަވީރު 4:15 އިން 6:15 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ މައި އިދާރާގައި ހުންނަ ފައުންޑޭޝަން އޮޑިޓޭރިއަމްގައެވެ. ސެޝަންތަކުގައި ކިޔަވައިދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ.

މި މަސައްކަތުބައްދަލުވުމުގައި ބައިވެރިވުމަށް 250 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ބައިވެރިވުމަށް 7925277 އަށް ގުޅުއްވުމަށް އަލްޢަޞްރުން އެދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް