އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް 3.60 ބިލިއަން ޑޮލަރު ބަޒާރަށް ނެރެފި

ޗައިނާގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް 3.60 ބިލިއަން ޑޮލަރު ބަޒާރަށް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު


ޗައިނާގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށްޓަކައި ޗައިނާގެ ސެންޓްރަލް ބޭންކުން 3.06 ބިލިއަން ޑޮލަރު ބަޒާރަށް ނެރެފިއެވެ.


ސެންޓްރަލް ބޭންކުން ބުނީ މިހައި ގިނަ އަދަދެއްގެ ފައިސާ ދޫކުރީ ފައިސާ ލިބުމުގައި ދަތިވާނަމަ އިންޓަރެސްޓް އުފުލިގެންދާނެތީ އެކަން ހައްލުކުރުމަށް ކަމަށެވެ. ޗައިނާގެ ބައެއް ބޭންކްތަކުން މިހާރު ލޯނު ދޫކުރަމުން ގެންދަނީ 2.25 އިންސައްތައިގެ އިންޓަރެސްޓަކާއި އެކުގައެވެ.

ޖެނީވާގައި އިއްޔެ ކުރިއަށް ގެންދިއަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން މަނިޓަރީ ޕޮލިސީ އެންޑް ބޭންކިންގ އިންޑަސްޓްރީ ބައްދަލުވުމުގައި ޗައިނާގެ ޕީޕަލްސް ބޭންކްގެ ވައިސް ގަވަރުނަރު ޒާންގ ޓާއޯ ވިދާޅުވީ ޗައިނާގައި ފައިސާ ނުލިބުމުގެ ދަތިކަމެއް ނެތް ކަމަށާއި ޗައިނާގެ އިޤްޠިޞާދު ކުރިއަށްދަނީ ރާވާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނެ ގޮތަށް ކަމަށެވެ.

ޒާންގ ވިދާޅުވީ ޗައިނާގެ ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ފައިސާ ޗައިނާގެ ސެންޓްރަލް ބޭނުން ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އަދި ވިޔަފާރިތައް ވެސް ދަނީ ބާރަށް ކުރިއަރަމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް