އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔުޒިކް ހުއްދަ ކަމަށާ ޙަރާމީ ލަވަކިޔުން ކަމަށް ބުނި އިމާމުގެ ފަހަތުން ގިނަ ބައަކު ދުވަން ފަށައިފި

މިޔުޒިކް ހުއްދަ ކަމަށާ ޙަރާމީ ލަވަކިޔުން ކަމަށް ބުނި އިމާމުގެ ފަހަތުން ގިނަ ބައަކު ދުވަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު



މިޔުޒިކް ހުއްދަ ކަމަށާއި ހަރާމް ކުރައްވަވާފައިވަނީ ލަވަކިޔުން ކަމަށް މަދީނާގެ ޤުބާ މިސްކިތުގެ އިމާމަކު ބުނުމުން ގިނަ ބަައަކު އިމާމުގެ ފަހަތުން ދުވަން ފަށައިފިއެވެ.



ގިނަ ބައަކު ބުނަނީ ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރަން އިސްލާމް ދީން އޮޅުވައިލުމަކީ އިމާމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އިމާމުން އަބަދުވެސް ފަތުވާ ނެރެންޖެހޭނީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާގެ ސުންނަތުން ކަމަށެވެ. ޤްރްއާނުން ކަމެއް ފެންނަން ނެތްނަމަ ސުންނަތުން ބަލައި ހޯދަން ޖެހޭނެ ކަމަށެވެ.



ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިޔުޒިކަކީ މަސްތެއް ކަމަށާއި މިޔުޒިކް ހުއްދަވާނީ މަސްތުވުން ހުއްދަނަމަ ކަމަށެވެ. އަދި އެކަން ޤަބޫލުނުކުރާނަމަ ﷲއަށް ތެދުވެރިވެ އަމިއްލައަށް ތަޖުރިބާ ކުރުމަށްފަހު ހަޤީޤަތް ހާމަކުރުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.



ކައު އިތުރު ރަސޫލާ ދުވަހަކުވެސް މިޔުޒިކް އަޑުު އައްސަވާފައި ނުވާކަމާއި ޢީދު ފަދަ ޚާއްޞަ ޙާލަތެއްގައި އަންހެނުން ކިޔައި އުޅުނު ލަވަ ނޫނީ އެއްވެސް ޞަހާބީ ބޭކަލަކު އަޑު އައްސަވާފައި ނުވާކަން ވެސް ބައެއް ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފައެވެ.



"ކުޑަ ދެ އަންހެން ކުދިން ޢީދެއްގައި އެމީހުންގެ ގޭގައި ތިބެގެން ލަވަކިޔަނިކޮށް އަބޫބަރުކުގެފާނު ކޯފާ އިސްކުރެއްވި. ނަމަވެސް ޞަހާބީއަކު އެއީ ޢީދު ދުވަސްކަމާއި ޢީދު ފާހަގަކުރުމަކީ ޢަރަބީންގެ ޘަޤާފަތެއްކަމަށް ދެންނެވި. މިއީ މިހާރު މިޔުޒިކާއިއެކު މިކިޔާ ލަވަކިޔުމެއް ނޫން. މިކަމުގެ ސަބަބުން މިޔުޒިކާއި ލަވަ ހުއްދައެއް ނުކުރެވޭނެ،" އިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.

ބައެއް އިލްމުވެރިން ވިދާޅުވީ މިފަދަ ބައެއް ހާދިސާތަކަށް ރިޢާޔަތްކޮށް ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ހުރި ކަންކަން ނަގައިގެން ހިތަށް އެރި ފަތުވާއެއް ނެރުމުގެ ބަދަލުގައި އިސްލާމީ އުންމަތުގައި ހުރި ބޮޑެތި މައްސަލަތަކަށް ސަމާލުކަން ދިނުން މާރަނގަޅުވާނެ ކަމަށެވެ.



"މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚުލްއިސްލާމް، އިބްން ތައިމިއްޔާ (ރަޙިމަހުﷲ) ގެ އަލްމަޖުމޫއުގެ 576/11 ބައްލަވާ. އިސްލާމީ އުންމަތުގެ 4 އިމާމުންގެ ތެރެއިން އެއްވެސް އިމާމަކު މިޔުޒިކް ހުއްދަ ކުރައްވާފައެއް ނެތް. އަދި ޞަޙީޙް ބުޚާރީގައިވާ މި ޙަދީޘްފުޅު ބައްލަވާ. އިސްލާމީ އުންމަތުގެ ތެރެއިން އަންނާނެ ބައަކު، ޒިނޭކުރުމާ، ސިލްކް ފެރާމާ، ބަނގުރަލާ މިޔުޒިކު ކުޅޭ ތަކެތި ހަލާލުކުރާނެ. އެމީހުން ﷲ ބަދަލު ކުރައްވަވާނީ ރާމާ މަކުނަށާ އޫރަށް." ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާގެ އިލްމުވެރިއަކު ވިދާޅުވެފައިވަނީ މިޔުޒިކަކީ ޙަރާމް އެއްޗެއްކަން އެއީ ޔަޤީން ކަމެއް ކަމަށެވެ. އަދި މިޔުޒިކަށް ހިތްވަރު ދެނީ އިބިލީސް ކަމަށެވެ. "ތިކަހަލަ އިބިލިހުގެ ފަތުވާ ނެރޭ މީހުން އޮސްޓްރޭލިއާއަށް ފޮނުވާ. އަހަރެމެންގެ މިސްކިތްތަކުން އެމީހުންނަށް އިސްލާމް ދީން ދަސްކޮށްދޭނަން."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް