އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިދިވިދިގެން ތިންވަނަ އަހަރު ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް

ވިދިވިދިގެން ތިންވަނަ އަހަރު ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް އިން ވިދިވިދިގެން ތިންވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައިރެކޯޑް އަދަދެއްދޭން ނިންމައިފިއެވެ. މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑްއަދަދެއްކަމަށްވާ 91.4 މިލިއަން ރުފިޔާ (ހިއްސާއަކަށް17ރުފިޔާ)ބެހުމަށް ވަނީ ފާސް ކޮށްފައެވެ.

2015 ވަނަ އަހަރުވެސް މާލީ ގޮތުން ބީއެމްއެލް އިން ދަމަހައްޓަމުން އަންނަ ކުރިއެރުމާއެކު ސާފު ފައިދާ ޓެކްސް އުނިކުރުމުގެ ކުރިން ވަނީ 932 މިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން ބޭންކުން ހޯދާފައިވަނީ 2015 ވަނަ އަހަރު ތެރޭ ކުރިއަށް ގެންދިޔަ 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމާ އެކުގައެވެ.ދޫކުރެވުނުލޯނުގެއަދަދު22 އިންސައްތައިންއިތުރުވެ،ދޫކުރެވޭ ލޯނުގެ ފެންވަރު ރަނގަޅު މިންވަރެއްގައި ހިފެެހެއްޓި،އުފެއްދުންތެރިނޫންލޯނުތަކުގެ ނިސްބަތްވަނީވަރަށް ބޮޑަށްދަށްކުރެވިފައެވެ.

ރައުސްމާލު އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމުކުރާ މިންގަނޑަށްވުރެ މަތީމިންވަރެއްގައި ހިފެހެއްޓިފައެވެ. ބޭންކުގެ ހިއްސާގެ އަގު އަހަރުތެރޭ 30 އިންސައްތައަށް ވަނީ އުފުލިފައެވެ.

އަހަރީ އަންމު ޖަލްސާގައި ހިއްސާދަރުންނާ މުޚާތަބްކުރައްވަމުން ބީއެމްއެލްގެ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ " 2015 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ފައިދާވި އަހަރެއް ކަމަށް ދެންނެވުމުގެއުފާ ލިބިގަންނަން. މާލީ ހާލަތުގެ އިތުރުން އިންވެސްޓްމެންޓް އަދި ޚިދުމަތް ދެމުންގެންދާ މުޖުތަމައަށްއަނބުރާ ދިނުމުގެ ރޮގުންވެސް ވަރަށް ކާމިޔާބު އަހަރެއް. 2015 އަދި 2016 ވަނަ އަހަރުގައި ޖުމްލަ 300 މިލއިަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެންވަނީ ނިންމާފަ. މީގެތެރެއިން ދެބައި ކުޅައެއްބައި މިވަނީ އާ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވުމަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ކޭޝް އެޖެންޓް ޚިދުމަތް ތައާރަފްކުރުމަށާއި މިހާރު ހުރި ބްރާންޗްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި ޓެކްނޮލޮޖީގެ ފެންވަރު މަތިކުރުމަށް އިންވެސްޓްކޮށްފަ."

މުވައްޒަފުންނާއި، ހިއްސާދާރުންނާއި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށާއި އިޙްލާސްތެރިކަމަށް ޝުކުރު ދަންނަވަމުން އެންޑްރޫ އިތުރަށް ވިދާޅުވީ“ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ ހިނދު، ކުރިއަށްއޮތް ތަނުގައިވެސްއަޅުގަނޑުމެން މަސައްކަތްކުރާނީދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެފަރާތްތަކުގެ ލަނޑުދަނޑިތައްހާސިލްކުރުމަށް އެހީތެރިވުމަށް. ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުންދާނީ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، މުވައްޒަފުން ފަޚުރުވެރިވާނެ ފަދަ ގޮތަކަށް."

މބޭންކް އޮފް މޯލްޑިވްސް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން ދި އިންޑިޔަން އޯޝަން" ގެ ޝަރަފްވެރި އެވޯޑު ލިބިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު