އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

7 މިލިއަން ރުފިޔާގެ އެސްޓީއޯ ހެންވޭރު ފާމަސީ، 125،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރުމާއެކު ހުޅުވައިފި

7 މިލިއަން ރުފިޔާގެ އެސްޓީއޯ ހެންވޭރު ފާމަސީ، 125،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރުމާއެކު ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެސްޓީއޯ އިން ތަރައްޤީކުރި އެސްޓީއޯ ހެންވޭރު ފާމަސީ، 125،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރުމާއިއެކު ހުޅުވައިފިއެވެ.

އެކަމަށްޓަަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ 187 ވަނަ ފާމަސީ ކަމަށްވާ ހެންވޭރު ފާމަސި ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއަރމަން އަޙްމަދު ނިޔާޒް އާއި އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރުއެވެ. މިފާމަސީން ބޭހުގެ ޚިދުމަތުގެ އިތުރުން ޞިއްޙީ ބައެއް ޚިދުމަތްތައްވެސް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީއެމްއައި ކަލްކިޔުލޭޓް ކުރުމާއި ހަކުރު ބެލުމާއި ޑައިޓިޝިއަނެއްގެ ޚިދުމަތާއި ސްމޯކް އިންހެލޭޝަން ސަރވިސއަށް ބޭނުންވާ މައުލޫމާތު ފަދަ ޚިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން ބައެއް ޚިދުމަތްތަކަކީ ހަފްތައަކު އެއްފަހަރު މިހާރު ފޯރުކޮށްދެވޭ ޚިދުމަތްތަކެއް ނަމަވެސް ޑިމާންޑް އޮންނަ ވަރަށް ބަލައި އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަޝްހޫރު މިޔުލަރ ބްރޭންޑްގެ އުފެއްދުންތައް ފަދަ ބައެއް މުހިންމު ތަކެއްޗާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބައެއްތަކެތިވެސް މިފާމަސީ އިން ލިބޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ.

މިރަސްމިއްޔާތުގައި ތެލެސީމިއާ 3 ޕޭޝަންޓުންނަށް ކްރޯނާ ޕަމްޕް އާއި މޯލްޑިވްސް ބްލަޑް ސަރވިސް އަށް ބްލަޑް ބޭގް، އަދި ދަމަނަޥެށްޓަށް ނިކޮޓީން ޕެޗާއި ޕެެސްޗަރސް ވަނީ ހަދިޔާކޮށްފައެވެ. މިއީ -/125،000 ރުފިޔާގެ އަގުހުރި ތަކެއްޗެވެ.

ތެލެސީމިއާ ކުދިންނަށް އެސްޓީއޯ އިން ހަދިޔާކުރި ޕަމްޕަކީ އެސްޓީއޯ އިން އެތެރެކޮށްފައިވާ މިހާރު ބާޒާރުން ލިބެންހުރި ޕަމްޕަށްވުރެ ކުޑަ އަދި ފަސޭހައިން ބޭނުންކުރެވޭ ޕަމްޕެކެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ ހުޅުވާފައިވަނީ މަޖީދީމަގު، ދަމަނަވެށްޓާއި ޖެހިގެން ހުޅަނގަށް ހުންނަ އިމާރާތުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް