އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއާޕޯޓަށް ބޭނުންވާ ތެލުގެ ބާވަތްތައް ސަޕްލައި ކުރުމުގެ އެއްބަސްވުން އެސްޓީއޯއެކު އާކޮށްފި

އެއާޕޯޓަށް ބޭނުންވާ ތެލުގެ ބާވަތްތައް ސަޕްލައި ކުރުމުގެ އެއްބަސްވުން އެސްޓީއޯއެކު އާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެލުގެ ބާވަތްތައް ސަޕްލައި ކުރުމުގެ އެއްބަސްވުން އެމްއޭސީއެލް އިން އެސްޓީއޯއާއިއެކު އައުކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުން 1 އަހަރު ދުވަހަށް އައުކޮށް އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހްމަދު ޝަހީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޢާދިލް މޫސާ އެވެ.

މި ރަސްމިއްޔާތުގައި ޢާދިލް މޫސާ ވިދާޅުވީ އެސްޓީއޯ އާއިއެކު ވެފައިވާ އެއްބަސްވުން އައުކޮށް އެސްޓީއޯ އާއިއެކު ކުރިއަށް ދޭން އެމްއޭސީއެލް އިން ނިންމީ ފާއިތުވި އަހަރުތަކުގައި ޚިދުމަތްދީފައިވާ ފުރިހަމަކަމުންނާއި އަދި ކަންކަން ޤަވާއިދުންކުރުމުގައި އެސްޓީއޯގެ މައްޗަށް އޮތް އިތުބާރުގެ ބޮޑުކަމުން ކަމަށެވެ.

"ބައެއް މަސްމަހު އިތުރަށް ތެޔޮ ބޭނުންވެ މަހަކު ދެ ފަހަރުވެސް ގެންނަން އެބަޖެހޭ، އެހާލަތުގައިވެސް ތެޔޮ ލިބުމަށް އެއްވެސް ދަތިކަމެއް ކުރިމަތިވެފައެއް ނެތް."

ޢާދިލް މޫސާ ވަނީ ތެލުގެ ބާވަތްތައް ސަޕްލައި ކުރުމުގައި އެސްޓީއޯ އިން ދެމުން ގެންދާ ޚިދުމަތުގެ ފުރިހަމަކަން ފާހަގަކުރައްވައި އެސްޓީއޯއަށް ތައުރީފްކުރެއްވުމާއިއެކު ޝުކުރު އަދާކުރައްވައިފައެވެ.

މި އެއްބަސްވުމަކީ ފްލައިޓުތަކަށް ބޭނުންވާ ޖެޓް ފިޔުލް އާއި އެއާޕޯޓަށް ބޭނުންވާ ޑީސަލް ކުރިއަށް އޮތް 1 އަހަރު ދުަވަހަށް ސަޕްލައި ކުރުމުގެ އެއްބަސްވުމެވެ. މިއީ ގާތްގަނޑަކަށް ދެ ލައްކަަ ޓަނުގެ ތެޔޮ ސަޕްލައި ކުރުމަށް ވެވުނު 80 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

އެސްޓީއޯގެ އެމްޑީ އަހްމަދު ޝަހީރު ވިދާޅުވީ އެއާޕޯޓަށް އެއިރަކަށް ބޭނުންވާ ވަރަށް ތެލުގެ ބާވަތްތައް އެތެރެކޮށް ސަޕްލައި ކުރުމުގެ ޤާބިލުކަން އެސްޓީއޯއަށް ހުރިހައި ގޮތަކުން ވެސް ލިބިފައި އެބަހުރި ކަމަށެވެ. އެގޮތުން އެމްއޭސީއެލް އިން އެއާޕޯޓު ތަރައްޤީކޮށް ފިޔުލް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރާ ވަރަކަށް އެސްޓީއޯގެ ޓޭންކަރުތައް ބޮޑުކޮށް ވަސީލަތްތައް އިތުރުކުރާނެ ކަމަށާއި އެމްއޭސީއެލްގެ ބޭނުންތަކަށް ފުރިހަމައަށް ސަޕްލައި ކުރަމުން ގެންދާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް